މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

17 އޯގަސްޓް 2022 - 19:19

މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދެބައިކުޅަ އެއްބައި ނިމިއްޖެ

މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ވިދާޅުވި އެވެ. ބިން ހިއްކުމުގެ މަސައްކަތުގެ 68 ޕަސެންޓް ވަނީ ނިމިފައެވެ.

advertisement

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 384 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 121.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މިނިސްޓަރ ޝައުނާ އާއި ބައްދަލުކުރައްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން އެންވަޔަރަމެންޓް މިނިސްޓަރ ޝައުނާ އާއި ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުމުގައި ދެފަރާތުން ބައިވެރިވެ ކުރެވޭނެ ކަންކަމާމެދު މަޝްވަރާ ކުރެވުނެވެ.

ދޯންޏެއްގެ ބައެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

ގދ. ތިނަދޫ ބޭރުން މަސް ދޯންޏެއްގެ ބައެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމް.އެން.ޑި.އެފުން އިލްތިމާސް ކޮށްފި އެވެ.

މަސްދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައި ވަނީ ގދ. ތިނަދޫއާ ދިމާ ބޭރުން ހުޅަނގަށެވެ. 

6 ސަރަހައްދެއްގައި އެއަރޕޯޓް ތަރައްގީކުރަން ހުޅުވާލައިފި

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ކުރި އިއުލާނެއްގައި ބުނީ، “ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު”ގެ ދަށުން ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އާންމުކޮށް ދައުވަތު ހުޅުވާލާކަމަށެވެ.

ބްރިޖް ޕްލެޓްފޯމް ވިލިނގިލި ފަރަށް އަރައިފި

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވާކަން ވިލިމާލޭ ފުލުހަށް ފާހަގަވެގެން، އެކަން ބަލަން ފަށާފައިވަނީ އިއްޔެ މެންދުރު ފަހު 14:25 ހާއިރުއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0