އެޕަރތައިޑް ހައުސިންގ ޕޮލިސީ ބަދަލުކުރުމުގެ ވިސްނުމެއް ނެތް: ސަރުކާރު
18 އޯގަސްޓް 2022 - 13:28
މަދުބަޔަކަށް ހިލޭ ގޯތި ދިނުމަށް ސަރުކާރުން އެކުލަވާލައިފައިވާ އެޕަރތައިޑް ހައުސިންގ ޕޮލިސީ ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ވިދާޅުވެ ހައުސިންގ އެންޑް ޕްލޭނިންގ މިނިސްޓްރ ރައްޔިތުންގެ މަޖިލީހުގައި ގޮންޖައްސަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އަސްލަމްއާ ސުވާލު ކުރައްވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޭއިރު ދަފްތަރުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެ ފުރުސަތު ލިބުމުގައި މައްސަލަތަކެއް ހުރި ކަމަށެވެ.
އެ ފަރާތްތަކަށް ސްކީމްގައި ބައިވެރިވެވޭ ގޮތަށް ޝަރުތު އިސްލާހު ކުރަން ސަރުކާރުން ވިސްނަވަންތޯ ސުވާލުކުރެއްވުމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖެތެރޭގެ މީހުންގެ ތެރެއިން މާލޭ ރަށްވެހިންނަށް ވެފައިވާ ފަރާތްތައް މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލައިގަނެވެން ނެތްކަމަށާއި އަދި ކުރީގެ ރަށުގެ ރަށްވެހިކަން ދޫކޮށް މާލޭ ދަފްތަރުގައި ޖެހުނު ފަރާތްތަކަށް ގޯތި ދިނުމުގައި ބާކީ ކޮށްލާނެކަމަށެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ މަދުބަޔަކަށް އެކަނި މާލެ ސަރަހައްދުން ހިއްކާ ބިންތަކުން ގޯތި ދިނުމަކީ ސަރުކާރުން ސިޔާސަތުކަމަށެވެ. ޤާނޫނު އަސާސީއިން ދިވެހިރައްޔިތުންނަށް ލިބިދޭ ހައްޤުތަކަށް ގޮންޖަހައި މިނިސްޓަރ އިތުރަށް ވިދާޅުވީ ރަށްރަށުން މާލެ ހިޖުރަކޮށްގެން ދަފްތަރުގައި ޖެހޭ ފަރާތްތަކަށް އެ ފުރުސަތެއް ނޯންނާނެ ކަމަށާއި ސަރުކާރުން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މަދު ބަޔަކަށް މިފަހަރު ހިލޭ ބިލިއަން ރުފިޔާގެ އަގުހުރި ގޯތި ބަހާލާނެކަމަށެވެ.
އަދި ދަފްތަރުގެ ގައި ޖެހިފައިވާ ރައްޔިތުންނަކީ މާލޭ ރަށްވެހިންކަމުގައި ބަލައިނުގައިތުމުގެ ސަބަބުން އެފަރާތްތަކުން ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނީ ކޮން ސަރަހައްދަކުންތޯ ރައްޔިތުންދަނީ ސުވާލު އުފައްދަމުންނެވެ.
މިކަމާ ދެކޮޅަށް އަޑު އުފުލާ ރައްޔިތުން ވަނީ މިއީ ދެކުނު އެފްރިކާ އަދި އިޒްރޭލްގައި ރައްޔިތުން ތަފާތުކުރުމުގައި ގެންގުޅުނު ފަދަ އެޕަރތައިޑް ސިޔާސަތެއްކަމުގައި އަޑު އުފުލަމުންނެވެ. ރާއްޖެތެރެއިން އެންމެ ފަހުން ދޫކުރެވެނު ގެވަޅުތައް ލިބުނު ފަރާތްތަކުގެ ނިސްބަތުން ބަލާއިރު މާލޭގެ މީހުންގެ އަދަދެއް މަދެއް ނޫނެވެ.
އަދި ދިވެހިރާއްޖޭގެ ރަށެއްގެ ރައްވެއްސަކަށް ވުމުގެ ޤާނޫނުގެ ދަށުން މާލެގެ ރައްޔިތަކުވެސް އެހެން ރަށެއްދިރިއުޅޭތާ 5 އަހަރުވުމުން އެރަށެއްގެ ރަޖިސްޓްރީއަށް ބަދަލުވެ, އެރަށަކުން ދޫކުރާ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނެއެވެ.
ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމުގެ ޤާނޫނު އޮންނަގޮތުން އެއްވެސް ރަށެއްގައި ފަސް އަހަރު ދިރިއުޅެފިނަމަ، އަދި އެމީހަކު އެދެފިނަމަ ކުރީގެ ރަޖިސްޓްރީ އޮންނަ ރަށުގެ ރަށްވެހިކަން ދޫކޮށްލަންޖެހެއެވެ, ވުމާއެކު މާލެއިން ބޯހިޔާވަހިކަން ލިބޭ މިފަދަ ފަރާތްތަށް އެމީހެއްގެ ކުރީގެ ރަށުގެ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޝަރުތު ހަމަނުވާނެއެވެ. މާލޭގައި ކުލި ދައްކައިގެން އުޅޭ ގިނަ އާއިލާތަށް ރަށްރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބާކީވާ މައިގަނޑު ސަބަބަކީ ރަށުގައި ދިރިނޫޅޭތީވެ ބާކީވާ ބާކީވުމުވެ.