މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
21 އޯގަސްޓް 2022 - 18:18
އެޑިޓަރުންނާއި ނޫސްވެރިންގެ ޓީމެއް ތަމްރީނަށް އިންޑިއާއަށް
We wish safe and comfortable journey to all participants who departed today for the "In-service training of Editors and Journalists of Maldives" at Amity University, Noida from August 22 – 29.@HCIMaldives pic.twitter.com/ovb94jaSSo— Maldives Media Council (@mmc_mv) August 21, 2022
ދިވެހި މީޑިއާގެ މަސައްކަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ލިބުނު ފުރުސަތަކަށް ދިވެހި އެޑިޓަރުންނާއި ނޫސްވެރިންގެ ޓީމެއް އިންޑިއާއަށް ފުރައިފިއެވެ.
އިސްލާމިކް މިނިސްޓަރ ތ.ވިލުފުށި ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަަލީ، ތ.ވިލުފުށި ކައުންސިލް މެންބަރުންނާއި ބައްދަލުކުރެއްވުން pic.twitter.com/7lfmmD5AeD— Ministry of Islamic Affairs (@MVIaffairs) August 21, 2022
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަަލީ، ތ.ވިލުފުށި ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި އެވެ.
މާފުށީ ކުނިކޮށްޓަށް ޖަމާކުރެވި އެތައްދުވަހެއްވީ ކުނިފުނި ނައްތާލައިފި
މާލެއަތޮޅު މާފުށީ ކުނިކޮށްޓަށް ޖަމާކުރެވި އެތައްދުވަހެއްވީ ކުނިފުނި ފުރަތަމަ ފަހަރަށް އެއްކޮށްހުސްކޮށް ނިމިއްޖެ. މިކުނިތައް ގެނެވޭނީ ތިލަފުށި ވޭސްޓް ފެސިލިޓީއަށެވެ.
900އަށްވުރެ ގިނަޓަނުގެ އެކިބާވަތުގެ ކުނި ހިމެނޭ މިކުނިފުނި ހުސްކުރީ މިނިސްޓްރީން ވެމްކޯއާއި ހަވާލުކޮށްގެން. pic.twitter.com/5bG98FkINh— Min. of Environment, Climate Change and Technology (@MoEnvmv) August 20, 2022
މާލެއަތޮޅު މާފުށީ ކުނިކޮށްޓަށް ޖަމާކުރެވި އެތައްދުވަހެއްވީ ކުނިފުނި ފުރަތަމަ ފަހަރަށް އެއްކޮށްހުސްކޮށް ނިމިއްޖެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއްވައިފި އެވެ. މިކުނިތައް ގެނެވޭނީ ތިލަފުށި ވޭސްޓް ފެސިލިޓީއަށެވެ. 900އަށްވުރެ ގިނަޓަނުގެ އެކިބާވަތުގެ ކުނި ހިމެނެ އެވެ މިކުނިފުނި ހުސްކުރީ މިނިސްޓްރީން ވެމްކޯއާއި ހަވާލުކޮށްގެނެނެވެ.
8 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓު ތަރައްޤީކުރަނީ
8 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓު ތަރައްޤީކުރުމަށް ޓްރިޕަލް އެއިޓް އަދި ބްރިލިއަންޓް ކޮމްޕެނީ އާއެކު ވަނީ ސޮއިކުރެވިފައި.
އެ ރަށްތަކަކީ، ހއ.ހޯރަފުށި، ހދ.ވައިކަރަދޫ، ހދ.ކުރިނބީ، ނ.މާފަރު، ބ.ކިހާދޫ، ބ.ދަރަވަންދޫ ، ޅ.ކުރެންދޫ އަދި އއ.ހިމަންދޫ. pic.twitter.com/HqWkhXLIxb— Ministry of Youth,Sports and Community Empowerment (@MoYSCEmv) August 21, 2022
8 ރަށެއްގައި އައުޓްޑޯރ ވޮލީކޯޓު ތަރައްޤީކުރުމަށް ޓްރިޕަލް އެއިޓް އަދި ބްރިލިއަންޓް ކޮމްޕެނީ އާއެކު ވަނީ ސޮއިކުރެވިފައެވެ. އެ ރަށްތަކަކީ، ހއ.ހޯރަފުށި، ހދ.ވައިކަރަދޫ، ހދ.ކުރިނބީ، ނ.މާފަރު، ބ.ކިހާދޫ، ބ.ދަރަވަންދޫ ، ޅ.ކުރެންދޫ އަދި އއ.ހިމަންދޫ އެވެ.
އދ. އޮމަދޫގައި ހޯމް ގާޑެނިންގ އެންޑް ހައިޑްރޮފޮނިކްސް ޓްރެއިނިންގ ޕްރޮގްރާމެއް
38 ބައިވެރިންނާއި އެކު އދ. އޮމަދޫގައި ހޯމް ގާޑެނިންގ އެންޑް ހައިޑްރޮފޮނިކްސް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި pic.twitter.com/B2B96XBDXW— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) August 18, 2022
38 ބައިވެރިންނާއި އެކު އދ. އޮމަދޫގައި ހޯމް ގާޑެނިންގ އެންޑް ހައިޑްރޮފޮނިކްސް ޓްރެއިނިންގ ޕްރޮގްރާމެއް ފިޝަރީސް މިނިސްޓްރީން ފަށައިފި އެވެ.