ބަރުލަމާނީ ގަރާރު ކޮންގްރެސްއިން އަނބުރާ ގެންދިޔުން

22 އޯގަސްޓް 2022 - 15:09

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ހުކުރު ދުވަހު ފެށި އިރު އެންމެ ފާހަގަކުރެވެ ކަމަކަށް އެ ކޮންގްރެސްގައި ހިމެނުނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެ ކޮންގްރެސްއަށް ހުށަހެޅި ބަރުލަމާނީ ގަރާރުގެ ބަހުސްއެވެ. މި ގަރާރާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެކޮޅުވެ. އަދި ޕާޓީގެ އިސް ސަފާއި އާންމުންގެ އެތަށް ބަޔަކު ވެސް ދެކޮޅެވެ.

އެކަމަކު މި ކޮންގްރެސް ފެށުނު އިރު ވެސް ނަޝީދު އައީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މުހިންމު ކަމުގެ ވާހަކަދައްކަވައި އެކަން ޕްރޮމޯޓްކުރަމުންނެވެ. ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކާއި، ގަރާރުތަކަށް ވޯޓަށް އަހައި ނިންމި އިރު އެންމެ ފަހު ކަމަކަށް އޮތި ރައީސް ނަޝީދުގެ ބަރުލަމާނީ ގަރާރެވެ. އެންމެ ފަހު މަރުހަލާއަށް ރައީސުލްޖުްމހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ސްޓޭޖަށް އަރުއްވައ އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ބަހުސް މިވަގުތަށް މަޑުޖައްސާލަން ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ނަޝީދު ނިންމެވީ އެ ގަރާރު ކޮންގްރެސްއިން އަނބުރާ ގެންދެވުމަށެވެ. އަދި އެއީ ގިނަ މަޝްވަރާތައް ބޭނުންވާ ކަމެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމާ މެދު އިތުރު މަޝްވަރާތައް ކުރައްވަން މިވަގުތަށް މަޑުޖައްސާލީ ކަމަށެވެ.

އެމަނިކުފާނުގެ މި ނިންމެވުމަށް ރައީސް ސޯލިހު ވެސް ވަނީ ތައިރީފްުކުރައްވާފައެވެ. އަދި އެއީ ޕާޓީ އަށް އެންމެ ރަނގަޅު ނިންމެވުން ކަމަށް ބުނެ ދެން އެންމެން އެކުގައި 2023 ވަނަ އަހަރަށް ތައްޔާރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސް ނަޝީުގެ ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0