މަންކީ ޕޮކްސްއާއި ގުޅޭގޮތުން ކުރެވޭ ބައެއް ކުންހީތައް

22 އޯގަސްޓް 2022 - 16:11

މަންކީ ޕޮކްސްއަކީ ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެކެވެ. ސިއްހަތާބެހޭ ރިޕޯޓްތައް ބުނާގޮތުން ހުޅަނގުގެ ގައުމުތަކުގައި މަންކީ ޕޮކްސް ގިނައިން ޖެހެނީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށެވެ. ނަމަވެސް ކޮންމެ އުމުރެއްގެ ކޮންމެ ޖިންސެއްގެ މީހަކަށްވެސް މަންކީ ޕޮކްސް ޖެހިދާނެއެވެ.

މަންކީ ޕޮކްސްގެ އައުޓްބްރޭކެއް މިހާރު އައިސްފައިވީނަމަވެސް މީގެ އަހަރުތަކެއް ކުރިން މި ވައިރަސް ސައިންސްވެރިން ވަނީ ދެނެގަނެފައެވެ. މަންކީ ޕޮކްސް ނުވަތަ މަކުނުވިދުރީގެ އެންމެ ފުރަތަމަ ކޭސް ފެނުނުކަމަށް ރެކޯޑްކުރެވިފައިވަނީ 1970ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. އޭރު މި ބަލި ފެންނަމުންދިޔައީ އެފްރިކާގެ ޤައުމުތަކުންނެވެ.

advertisement

2000ގެ އަހަރުތަކުގައި މި ބަލި ޔޫރަޕްގެ ޤައުމުތަކުން ފެނަން ފަށާފައިވެއެވެ.

މަންކީ ޕޮކްސްއާއި ގުޅޭގޮތުން ކުރެވޭ ބައެއް ކުންހީތައް:

  • ކޯވިޑް19 ވެކްސިން ޖަހައިގެން މަންކީ ޕޮކްސް ނުޖެހޭނެއެވެ.
  • ސްވިމިން ފޫލްއިން މަންކީ ޕޮކްސް ޖެހިދާނެ. އެހެންކަމުން މީހުން ބޭނުންކޮށްފައި ހުންނަ ތުވާއްޔާއި ހެދުން ފަދަ ތަކެތީގައި ނުދޮވެ އަތްނުލުމަށް ވަނީ އިރުޝާދުދީފައެވެ.
  • މީހުން ގިނަ ތަންތަނުގައި އުޅޭނަމަ މަންކީޕޮކްސް ޖެހިދާނެ.
  • މަންކީ ޕޮކްސްއަކީ އެއްޖިންސުން ގުޅުނ ހިންގުމުން ޖެހޭ ބައްޔެއް. (ސެކްޝުއަލީ ޓްރާންސްމިޑެޓް އިންޕެކްޝަން)
  • މަންކީ ޕޮކްސްގެ ވެކްސިން ކޮންމެ މީހަކަށްވެސް ޖެހޭނެ.

މި ބަލީގެ އަލާމާތްތަކަކީ ގަދައަށް ހުންއައުމެވެ. މިއާއެކު ހަށިގަނޑުގައި ބޮޑެތި ފޮޅުތަކެއް ނަގައި އެފޮޅުތައް ފަޅައިގެންގޮސް އެތަންތަން ވަރަށް ބޮޑަށް ފާރުވެއެވެ. މަންކީ ޕޮކްސްއަކީ އާންމުގޮތެއްގައި ފަސޭހަވާ ބައްޔެއް ނަމަވެސް އެބަލިން ފަސޭހަވުމަށް ދެ ހަފްތާއާއި ހަތަރު ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގައެވެ. ފަސޭހަވިނަމަވެސް ފޮޅުތައް ފަޅައިގެންގޮސް ފާރުހެދުމާއެކު ހަށިގަނޑުގައި އުފެދޭ ލަކުނުތައް ދިގުމުއްދަތަކަށް ހުރެއެވެ. ނަމަވެސް ބައެއް ބަލިތައް ތަހައްމަލުކުރާ މީހުންނަށް އެބަލިޖެހުމުން ހާލުބޮޑުވެ މަރުވެސްވެއެވެ.

ރިއެކްޝަންސް
0
0
1
4
0
0
0