މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
23 އޯގަސްޓް 2022 - 19:01
ކޮންމެ ގައިދީއެއް އަނބުރާ މުޖުތަމަޢަށް ގެންދެވޭނެ މީހެއް ކަމުގައި ހަދަންޖެހޭ: ނައިބު ރައީސް
Vice President @faisalnasym attends the closing ceremony of the first batch of @correctionsmv’s Drug Rehabilitation Programme pic.twitter.com/AQzSCEa2yG— The President's Office (@presidencymv) August 23, 2022
ޖަލަށް ގެނެވޭ ކޮންމެ މީހަކީވެސް، ރިހިބިލިޓޭޓްކުރެވި އަނބުރާ މުޖުތަމަޢަށް ގެންދެވޭނެ މީހެއް ކަމުގައި ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި ޤައިދީންނަށް ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި އެޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ގެންދިޔަ ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މ. މަޑުއްވަރީ ބަނދަރު އެމްޓީސީސީން ހަދަނީ
މ. މަޑުއްވަރީ ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލު ކޮށްފި.
51،086،661.84 ރުފިޔާ އަށް މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭގައި ނިންމުމަށް pic.twitter.com/KvM4Nj4irf— Min.of National Planning, Housing & Infrastructure (@MoNPHImv) August 23, 2022
މ. މަޑުއްވަރީ ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލު ކޮށްފި އެވެ. 51،086،661.84 ރުފިޔާ އަށް މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ސްކޫލެއްގެ ކްލާސް ރޫމެއްގައި ދަރިވަރުންތަކެއް މާރާމާރީ ހިންގާ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
ގާނޫނު ނަމްބަރ 19/2019 (ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ، ކުޑަކުދިންގެ ޒާތީ މައުލޫމާތު ނުވަތަ ތަސްވީރު (ފޮޓޯ/ވީޑިއޯ)— Maldives Police (@PoliceMv) August 23, 2022
ގާނޫނު ނަމްބަރ 19/2019 (ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ، ކުޑަކުދިންގެ ޒާތީ މައުލޫމާތު ނުވަތަ ތަސްވީރު އެއްވެސް ފަރާތަކުން އާންމު ކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވުމާއެކު، ސްކޫލެއްގެ ކްލާސް ރޫމެއްގައި ދަރިވަރުންތަކެއް މާރާމާރީ ހިންގާ ވީޑިއޯއެއް ދައުރުކުރަމުން ދާތީ، މިއީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ ކަމަކަށްވާތީ އެއްވެސް މީޑިއާ އަކުން ނުވަތަ އެއްވެސް މީހަކު އެއްވެސް ގޮތަކަށް މި ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
މިދިޔަ ޖުލައި މަހުވެސް އެންމެ ގިނައީ ކުޑަކުދިންނަށް އަޅާ ނުލުމުގެ މައްސަލަތައް
Case Statistics: Ministry received and attended to a total of 204 cases in July 2022
Dhiv: https://t.co/yxbaDdHkaN
Eng: https://t.co/FtWPuyQSN7#ViolenceAgainstChildren #ChildRights #GenderBasedViolence #GBV#domesticviolence pic.twitter.com/XExY0LKbBG— Ministry of Gender, Family and Social Services (@MoGFSSmv) August 23, 2022
މިދިޔަ ޖުލައި މަހުވެސް ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އަޅާ ނުލުމުގެ މައްސަލަތައްކަން ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އެއީ 27 ކޭހެވެ.
4 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއެކޮށްފި
4 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުންނާއެކު ވަނީ ސޮއިކުރެވިފައި.
ހދ.ނާވައިދޫ – އާރު.ޖީ އިންޓަރނޭޝަނަލް
ށ.ފޭދޫ – ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ
ައއ.ފެރިދޫ – އެލިއޮތު އިންވެސްޓްމަންޓް
އއ.އުކުޅަސް – ސީ.އެމް.އޭ ފައިވްސްޓަރ pic.twitter.com/SjdiMfr2Nh— Ministry of Youth,Sports and Community Empowerment (@MoYSCEmv) August 23, 2022
4 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުންނާއެކު ވަނީ ސޮއިކުރެވިފައި ކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވައިފި އެވެ.