މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
25 އޯގަސްޓް 2022 - 15:28
ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމަށް ބޭފުޅަކު ޢައްޔަނު ކޮށްފި
ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވައިފި https://t.co/ISiHl5fbtp— The President's Office (@presidencymv) August 25, 2022
ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ.ރުވާމާގެ، އަޙްމަދު ތަސްމީން ޢަލީ މިއަދު ޢައްޔަނުކުރައްވައި، އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.
އަޙްމަދު ތަސްމީން ޢަލީއަށް، ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށް ރައީސް ގޮވާލައްވައިފި
President @ibusolih and First Lady Fazna Ahmed attend the “Top Achievers’ Award 2020-2021” ceremony. They are accompanied by Vice President @FaisalNasym and other senior government officials. pic.twitter.com/a5Ef2uZgzL— The President's Office (@presidencymv) August 24, 2022
ދަރިވަރުން ޙާޞިލްކުރާ ޢިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު ދަރިވަރުންނަށް މިކަމަށް ގޮވައިލެއްވީ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިޖަލްސާގައި ރައީސުލްޖުމްޙޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މެރިން ޑިސާސްޓަރ ޓްރެއިނިންގައި އާރް.ޓީ.އެލް މުވައްޒަފުން ތަމްރީންކޮށްފި
Total 25 RTL staff participated in "Marine Disaster Training" conducted from 21st to 22nd Aug 2022. The session was conducted by MNDF.#TeamMTCC#RayyithungeKunfuni pic.twitter.com/pZP2dlayyS— MTCC Plc (@MTCCPlc) August 25, 2022
އާރް.ޓީ.އެލްގެ 25 މުވައްޒަފުން މެރިން ޑިސާސްޓަރ ޓްރެއިނިންގ އަށް ތަމްރީންކޮށްފި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވަނީ އެމް.އެން.ޑީ.އެފުންނެވެ.
ދ. އަތޮޅުގެ ބައެއް ރަށްރަށުން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފި
ގދ. އަތޮޅުގެ ބައެއް ރަށްރަށުން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފިhttps://t.co/M3A9fLNnpI— Maldives Police (@PoliceMv) August 25, 2022
މި އަހަރުގެ މާރިޗު މަހުން ފެށިގެން މި އޮގަސްޓު މަހުގެ މިހާތަނަށް ގދ. އަތޮޅުގެ ބައެއް ރަށްރަށުން ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކާ ގުޅިގެން އޮޕަރޭޝަންތަކެއް ހިންގައި، ވަގަށްނަގާފައިވާ ތަކެތި ހޯދައިފިއެވެ.
އެގޮތުން ތިނަދޫއިން ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކާ ގުޅިގެން އޮޕަރޭޝަންތަކެއް ހިންގައި، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދާފައިވެއެވެ. އޭގެ ތެރޭގައި މޯބައިލް ފޯނުތަކަކާއި، ބަދިގޭގައި ހިފައި ގެންގުޅޭ ގިނަ އަދަދެއްގެ ސަމާނާއި، ކަރަންޓު ބުރުމާއަކާއި، ހަ ސެންޓުފުޅިއާއި، ސީލިންގް ލައިޓަކާ އަދި އެހެނިހެން ތަކެތި ހިމެނެއެވެ.
ޖޭޑީއެސްގެ ފަރާތުން އަންނަ އަހަރަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި
JDS Grant Agreement (3rd round) signed by the Minister and Rep. of @jica_direct_en Mr. Motoo Taki. State Minister of @MoFAmv Mr. Ahmed Khakeel, Ambassador HE. Ms. Takeuchi Midori and President of @cscmaldives Mr. Mohamed Nasih attended the ceremony. pic.twitter.com/BjRo1UVjsr— Ministry of Higher Education (@MoHEmv) August 24, 2022
ޖަޕަނީޒް ގަރާންޓް އެއިޑް (ޖޭޑީއެސް)ގެ ފަރާތުން އަންނަ އަހަރަށް ދިވެހިރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނާއި ޖޭޑީއެސްގެ ރެސިޓެންޓް ރެޕްރެޒެންޓޭޓިވް މޮޓޮ ޓަކީއެވެ.