ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރި، ސުނާމީއެއް އުފެދޭނެ ކަމަކަށް ނުބެލެވޭ
29 އޯގަސްޓް 2022 - 12:33
އިންޑޮނޭޝިއާގެ ސްމާޓްެރާ ކައިރިއަށް އައި ބިންހެލުމުގެ އަސަރު މިއަދު ރާއްޖެއަށް ކުރިކަމަށާއި ނަމަވެސް މީގެ ސަބަބުން ސުނާމީއެއްގެ އަސަރު ކޮށްފާނެކަމަށް ނުބެލެވޭކަމަށް މެޓް އޮފީހުން ބުނެފިއެވެ.
ބިންހެލުމެއް ސުމަތުރާއަށް 0829 ގައި އައިސްފައިވޭ، ރާއްޖެއަށްވެސް އިހުސާސްކުރެވުނު. މިބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ pic.twitter.com/D3gBEKBBj3
— Maldives Meteorology (@MetMaldives) August 29, 2022
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނެފައިވަނީ ސުމަޓްރާއަށް ބިންހެލުމެއް އައިސްފައިވާކަމަށެވެ. މި ބިންހެލުމުގެ އަސަރު ރާއްޖެއަށް އިހްސާސްކުރެވުނުކަމަށެވެ. އެއީ މިއަދު ހެނދުނު 8:29 ހާއިރުއެވެ. އެއީ ރެކްޓަރ މިންގަނޑުން 6.0 ގެ ބާރުމިނުގައެވެ. ނަމަވެސް މި ބިންހެލުމުގެ ލޮޅުން ރާއްޖެއަށް އިހްސާސް ކުރެވުނު ކަމަށް ރިޕޯޓްކުރެވިފައިވީނަމަވެސް ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
ސްމަޓްެރާއާއި މާލެއާއި ހުރި ދުރުމިނަކީ 2854 ކިލޯމީޓަރެވެ. ބިން ހެލުމާ ގުޅިގެން ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންވަނީ ހުސްކޮށްފައެވެ. 10 ބުރީގެ އެއިމާރާތުގައި ތިބި މުވައްޒިފުން ވަނީ ތިރިއަށް ބާލުވާފައެވެ.