ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިންގައި ރަޖިސްޓްރީވުމުގެ ފުރުސަތު ސެޕްޓެމްބަރގެ ނިޔަލަށް

30 އޯގަސްޓް 2022 - 10:28

ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން 2022 ގައި ރަޖިސްޓްރީކުރުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރ މަހުގެ 30 ކަމަށް އޯރކާ މީޑިއާ ގްރޫޕުން ބުނެފިއެވެ. މިއީ ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިންގެ 8 ވަނަ އަދަދެވެ.

ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިންގައި ރާއްޖޭގެ ގެސްޓްހައުސް، ހޮޓެލް، ޑައިވް ސެންޓަރ، ވޯޓަރ ސްޕޯޓްސް ސެންޓަރ، ރެސްޓޯރަންޓް އަދި ސްޕާތަކަށް ރަޖިސްޓްރީކުރެވޭނެއެވެ. ރަޖިސްޓްރީކުރުމުގެ ފުރުސަތު މުޅިން ހިލޭ ވަނީ ހުޅުވާލާފައެވެ.

advertisement

ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން ކުރިން ނެރެމުންއައީ ގެސްޓްހައުސް މޯލްޑިވްސްގެ ނަމުގައެވެ. އެންމެ ފުރަތަމަ މި މެގަޒިން ޕަބްލިޝްކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމްއަށް އަމާޒުކޮށްގެން ޕްރިންޓްކޮށްގެން ނެރެމުންއަންނަ އެންމެ ގިނަ ދުވަސްވީ މެގަޒިންއެވެ.

މިއީ އަހަރަކު 1 ފަހަރު ނެގޭ މެގަޒިންއެކެވެ. މި މެގަޒިންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ލޯކަލް އައިލެންޑް ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމެވެ. މި މެގަޒިން ވަނީ ޓޫެރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެްމްޕީއާރުސީ) އިން ބަލައިގަނެފައެވެ. އަދި އެމްއެމްޕީއާރުސީން ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރތަކުގައި ރާއްޖޭގެ ލޯކަލް އައިލެންޑް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ވެސް މި މެގަޒިން ބޭނުންކުރެއެވެ.

ރާއްޖޭގައި މިހަރުވެސް 600 އަށްވުރެ ގިނަ ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. ލޯކަލް އައިލެންޑް ޓޫރިޒަމްގެ ކޮންމެ އަދަދެއްގައިވެސް ރާއްޖޭގެ ކޮންމެވެސް ރަށަކަށް ޙާއްސަކުރެއެވެ. އެންމެ ފަހުގެ އަދަދު ޙާއްސަކޮށްފައިވަނީ ފުވައްމުލައް ސިޓީއަށެވެ.

ލޯކަލް އައިލެންޑް ޓޫރިޒަމްގެ މިއަހަރުގެ އަދަދު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ. މިއަހަރުގެ އަދަދުގައި ފީޗަރ ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ރަޖިސްޓަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓަރ ކުރުމަށް  https://magazine.islandrooms.mv/  މި ލިންކް ބޭނުންކުރައްވާ.

ރިއެކްޝަންސް
0
0
0
0
0
0
0