މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
30 އޯގަސްޓް 2022 - 17:58
ހއ. ދިއްދޫ ބަނދަރުގެ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތް ނިމެނީ
Final shipment of precast concrete blocks required for quay wall construction for Ha. Dhihdhoo Harbor Extension and Jetty Construction Project, have been delivered to the site. Quay wall concrete works are ongoing, with 98% completion. #MTCCProjects #RayyithungeKunfuni pic.twitter.com/MVwcW3Uomw— MTCC Plc (@MTCCPlc) August 30, 2022
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 98 ޕަސެންޓް ވަނީ ނިމިފައި ކަމަށް ވެސް އެ ކުންފުނިން ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 69.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމް.އެން.ޑީ.އެފަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
ވަޒީފާގެ ފުރުޞަތު: 👇
@MNDF_Official ގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލުން.
އިޢުލާނު: https://t.co/tyTb5fcOJn pic.twitter.com/IeK5Pm2iSf— Ministry of Defence (@MoDmv) August 29, 2022
ޢުމުރު 18 އަހަރާއި 25 އަހަރާއި ދެމެދު ދިވެހީންނަށް އެމް.އެން.ޑީ.އެފުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި މިއަދު ފަށައިފި
ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި މިއަދު ފަށައިފި.
ހަތް ރޫޓަކުން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނެގޭނެ. #connectingraajje@RTLnetwork @MTCCPlc pic.twitter.com/iPkXPoGmzA— Min.of National Planning, Housing & Infrastructure (@MoNPHImv) August 30, 2022
ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި މިއަދު ފަށައިފި ކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކުރައްވައިފި އެވެ. ހަތް ރޫޓަކުން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނެގޭނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއްވި އެވެ.
ގދ. އަތޮޅު ކައުންސިލާ ފިޝަރީސް މިނިސްޓަރ ބައްދަލުކުރައްވައިފި
ގދ. އަތޮޅު ކައުންސިލުން މިނިސްޓަރ @DrHussainHassan އާއި ބައްދަލު ކުރައްވައި ގދ އަތޮޅުގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ރޭވިފައިވާ މަޝްރޫއުތަކުގެ އަޕްޑޭޓްސް ހޯދުމުގެ އިތުރުން (1/2) pic.twitter.com/qb5iHJTAAa— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) August 29, 2022
ގދ. އަތޮޅު ކައުންސިލާ ފިޝަރީސް މިނިސްޓަރ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުމުގައި އަތޮޅުގައި ހުރި ފަޅުރަށްރަށް، މަސްވެރިކަމާއި ދަނޑުވެރިކަން، ޕޯލްޓްރީ، އެކުއަރކަލްޗަރ އަދި މެރިކަލްޗަރ ފަދަ ފައިދާހުރި މަސައްކަތްކުރުމަށް ދިގުމުއްދަތަށް ކުއްޔަށް ދިނުމަށް އަދި ވަރުވާއަށް ރަށްރަށް ދޫކުރުމާއި ގުޅޭ ގޮތުން މަޝްވަރާއާއި ލަފާ ހޯއްދެވި އެވެ.
ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިފި
ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.@AbdullaSh4reef @MariyaDidi pic.twitter.com/JilRR270eq— Maldives Customs (@CustomsMv) August 30, 2022
ޕޯސްޓްގެ ޒަރިއާއިން ރާއްޖެއެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިފިއެވެ.