ބޯހިމެނުމުގައި ހަރަކާތްތެރިވާ އެނޫމަރޭޓަރުންނަށް އެތަކެއް ހުނަރުތަކެއް ދަސްވެގެންދާނެ: ސްޓެޓިސްޓިކްސް ބިއުރޯ
31 އޯގަސްޓް 2022 - 9:16
ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެނޫމަރޭޓަރުންނަށް ގިނަ ހުނަރުތަކެއް ދަސްވެގެންދާނެކަމަށާއި މިއީ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނެފިއެވެ. އެ ބިއުރޯއިން އަދިވެސް އަންނަނީ މާލެ ސަރަހައްދުގައި އެނޫމަރޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޯދަމުންނެވެ.
އެމްވީ ޕްލަސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ސްޓެޓިސްޓިކްސް މޯލްޑިވްސްގެ ޑެޕިއުޓީ ޗީފް ސްޓެޓިޝިއަން އައިޝަތު ޝަހުދާ ވިދާޅުވީ، ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދެވޭ ޓްރެއިނިންގެ ތެރެއިން ގިނަ ކަންތައްތައް ދަސްވެގެންދާނެކަމަށެވެ. އެގޮތުން ޖެންޑަރ އެވެއަރނެސް، ޑިސެބިލިޓީ އެވެއަރނެސް އަދި އިންޓަވިއު ކުރުމުގެ ހުނަރުތައް ފަދަ ގިނަ ކަންތައްތައް ދަސްވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
MV+ Exclusive with Deputy Chief Statistician of @statsmadives.
She talks about the upcoming @census2022mv. Enumerators will gain crucial skills such as interview techniques, gender and disability awareness pic.twitter.com/W7PJyaLcYA— MV+ (@mvplusmedia) August 30, 2022
“އަޅުގަނޑުމެންގެ މި ބޯހިމެނުމުގައި މަސައްކަތައް ހަމަ ޝައުގުވެރިކަން ހުރި ކުދިން މިއަށް އެޕްލައިކުރައްވައި ވަރަށް ރަނގަޅު ތަޖްރިބާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ. ދެން ޓްރެއިނިންގެ ތެރޭގައި ގެންދާނެ ހަމަ ވަރަށް ބައިވަރު ކަންތައްތައް ދަސްކޮށްދޭނެ ކުދިންނަށް. އެގޮތުން ޖެންޑަރ އެވެއަރނެސް، ޑިސެބިލިޓީ އެވެއަރނެސް، އިންޓަވިއު ޓެކްނިކްސް ދެން ހަމަ ޑޭޓާ ކަލެކްޓްކުރާނެ ގޮތާއި ވަރަށް ގިނަ ސްކިލްތަކެއް ލިބިގެންދާނެކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ.” ޝަހުދާ ވިދާޅުވިއެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭކަންވެސް ޝަހުދާ ފާހަގަކުރެއްވިއެވެ. އެގޮތުން ގޭގޭގައި ނަންބޯޑު ހަރުކޮށްފައި ނުހުރުމާއި، ޓީމްތައް ދާއިރު މިކަމަށް ތައްޔާރުނުވުމަކީވެސް ދިމާވާ ގޮންޖެހުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
With the use of Census data, it would be easy to allocate health services and resources to different parts of the country, hence the whole health system strengthens.
Dr. Mohamed Ali,
Physician#AharenVesBaiverivaanan #CountMeIn #Census2022mv pic.twitter.com/qWAPxn7zZY— Census 2022 Maldives (@census2022mv) August 29, 2022
“އަޅުގަނޑުމެންނަށް ދިމާވާ އެއް ޗެލެންޖަކީ ގޭގޭގެ ބޭރުގައި ނަންބޯޑު ހަރުކޮށްފައި ނުހުރުމާއި، ގޭގެއަށް ދާއިއު އެޕާޓްމަންޓްވެސް ފާހަގަކުރަން އަޅުގަނޑުމެންނަށް ލިޔަން މިޖެހެނީ ދޮރުގެ ކުލަ ނޫނިއްޔާމުން ކަނާއަތުން ކިވަނަ ނަންބަރު ޖެހޭ ގެ. އެކަހަަލަ ގޮތްގޮތުން ފަސޭހަ ގޮތްގޮތަކަށް ވަރަށް ނުއެއް ޖެހޭ. އެހެންވީމަ ގޭގޭގައި ނަންބޯޑުތައް ހަރުކުރުމާއި، އެޕާޓްމަންޓް ނަންބަރު ހަރުކުރުމާއި، ދެން އަޅުގަނޑުމެންގެ ޓީމްތަކުން ދާއިރު ލޮކްކޮށްފައި ހުންނަ ތަންތަނަށް ވަދެވޭނެފަދަ ގޮތްތައް ފަހިވުން. ދެން ޓީމްތަކަށް ވަގުތުކޮޅެއް ދެއްވައި ތައްޔާރުވެ މައުލޫމާތު ދެއްވުން އެއީ އަޅުގަނޑުމެން ބޭނުންވާ ކަމަކީ.” ޝަހުދާ ވިދާޅުވިއެވެ.
ބޯހިމެނުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން އެންމެންވެސް ބައިވެރި ވަމާތޯ!
ނާޒިރާ ހަސަން
ޕްރިންސިޕަލް، އިއްޒުއްދީން ސްކޫލް#AharenVesBaiverivaanan #CountMeIn #census2022mv pic.twitter.com/hS5XZJdbVa— Census 2022 Maldives (@census2022mv) August 27, 2022
އެނިއުމަރޭޓަރުންނަށް މަސައްކަތްކުރާ ދުވަސްތަކަށް އެލަވަންސް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެއީ ޓްރެއިނިންގ އެލަވަންސްގެ ގޮތުގައި 5 ދުވަހަށް ކޮންމެ ދުވަހަކަށް 100 ރުފިޔާއާއި، މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާއެވެ. މަސައްކަތުގެ މާހައުލުގައި މަސައްކަތް ކުރަންޖެހޭނީ 7 ދުވަހާއި 11 ދުވަހުގެ މުއްދަތެއްގައެވެ. އަދި ފޯން އެލަވަންސްގެ ގޮތުގައި ކޮންމެ ދުވަހަކަށް 10 ރުފިޔާވެސް ލިބޭނެއެވެ.
މާލެ ސަރަހައްދަށް އަދިވެސް އިތުރު ކުދިން ބޭނުންވާތީ މިހާރު އެނިއުމަރޭޓަރަކަށް ވުމަށް ވަނީ ފުރުސަތު ހުޅުވާލެވިފައިއެވެ.
https://statisticsmaldives.gov.mv/applicationform/census2022/eform.php އިން ފޯމް ހުށައެޅޭނެއެވެ.