އަލްމަންޑް، އޯޓް، ނުވަތަ ސޯއީ — ޕްލާންޓް ބޭސްޑް މިލްކް ތެރެއިން ބޯން އެންމެ ރަނގަޅީ ކޯއްޗެއް؟

1 ސެޕްޓެމްބަރ 2022 - 10:13

ގެރީގެ ކިރު، އަދި އެހެން ޖަނަވާރުތަކުގެ ކިރަކީ އިންސާނުންގެ ހަށިގަނޑަށް އެހާ ރަނގަޅު ނޫން އެއްޗެއްކަން ފަހު ދިރާސާތަކުން އަންނަނީ ދައްކަމުންނެވެ. ލޭހޮޅިތައް ބަންދުވާ ކަހަލަ ސެޗުރޭޓަޑް ފެޓްސް އަދި ކޮލެސްޓްރޯލް މިފަދަ ބުއިންތަކުގައި ގިނަ ކަމުން، ގިނަ މީހުން މިހާރު ދަނީ މިފަދަ ކިރު ބުއިން ހުއްޓާލަމުންނެވެ.

އަދި ހަމަ އެހެންމެ ލެކްޓޯސް އިންޓޮލަރެންސް ހުންނަ މީހުންނަށްވެސް ޖަނަވާރުގެ ކިރު ބުއިމަކީ އެހާ ރަނގަޅުކަމަކަށް ނުވުމުން ޕްލާންޓް ބޭސްޑް ނުވަތަ ގަސްގަހާ ގެހިން ލިބޭ ކިރުގެ ބާވާތްތައް ބުއިން މިހާރު އަންނަނީ މަޝްހޫރުވަމުންނެވެ.

advertisement

މި އާޓިކަލްގައި މި ހިމަނާލަނީ ކިރު ބުއިމަށް އުނދަގޫވާ ފަރާތްތަކަށް ބައެއް ނަޓްސް ނުވަތަ އެނޫންވެސް ބައެއް ތަކެތިން ތައްޔާރުކޮށްފައި ހުންނަ އެހެންނަމަވެސް ކިރުން ލިބޭ ފައިދާ ހަޑިގަނޑަށް ލިބޭ ބައެއް ތަކެއްޗަށެވެ.

ސޯއި މިލްކް

މީގައި ގިނަ އަދަދަކަށް މެގްނޭޝިއަމް އެކުލެވިގެންވެއެވެ. އަދި މީގައި ކިރުގައި އެކުލެވެންޖެހޭ އެމިނޯ އެސިޑް ހިމެނެއެވެ. މިއީ ކޮލެސްޓްރޯލް ފްރީ އަދި ސެޗުރޭޓެޑް ފެޓް މަދު ކިރުގެ ބާވަތެކެވެ.

އާމަންޑް މިލްކް

ޑައިރީ މިލްކާއި އަޅާބަލާއިރު މިއީ ކެލޮރީސް މަދު ކިރެކެވެ. އަދި މިއީ ބަރުދަން ލުއިކުރުން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު ކިރެކެވެ. ނަޓްސްއަށް އެލަރޖިކްވާ މީހުން މި ކިރު ބޭނުންކުރުން ރަނގަޅެއް ނޫނެވެ.

ކެޝޫ މިލްކް

ކެޝޫ މިލްކްގައި ހުންނާނީ ކްރީމީ ރަހައެކެވެ. މިއީ ވިޓަމިން އީ ގިނަ އަދަދަކަށް އެކުލެވޭ ކިރެކެވެ. އަދި މީގައި ކެރޮލީސް އެކުލެވޭ މިންވަރު ދަށެވެ. މިއީ ވޭގަން ޑައިޓްއެއްގައި އުޅޭ ފަރާތްތަކަށް ވަރަށް ރަނގަޅު ކިރަކަށް ވާނެއެވެ. ނަމަވެސް މި ކިރުން ހަށިގަނޑަށް ލިބޭ ޕްރޮޓީންގެ އަދަދު ވަރަށް މަދުވާނެއެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް މީހާގެ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ މިންވަރު ކެޝޫ މިލްކަކުން ނުލިބޭނެއެވެ.

ރައިސް މިލްކް

ރައިސް މިލްކަކީ ޑެއިރީ، ނަޓްސް އަދި ސޯއީގެ އުފެއްދުންތަކަށް އެލަރޖިކްވާ މީހުންނަށް ވަރަށް ރަނގަޅު ބާވަތަކަށް ވާނެއެވެ. ނަމަވެސް ކެލޮރީ ކޮންޓްރޯލް ޑައިޓެއްގައި އުޅޭމީހަކަށް މިއީ މާރަނގަޅު ކިރުގެ ބާވަތަކަށް ނުވާނެއެވެ.

ރިއެކްޝަންސް
0
1
5
2
2
0
1