މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

3 ސެޕްޓެމްބަރ 2022 - 18:09

ޏ. ފުވައްމުލައް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢު ކުރިއަށް

ޏ. ފުވައްމުލައް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ވަނީ ތާރު އެޅުމުގެ މަސައްކަތް ފެށިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައި އެވެ. ތާރު އެޅުމުގެ މަސައްކަތް އިފްތިތާހްކޮށްދެއްވީ ފުވައްމުލައް ސިޓީ މެޔަރ އަލްފާޞިލް އިސްމާޢިލް ރަފީޤުއެވެ.

advertisement

މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ.

ދ.ބަނޑިދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރަނީ

ދ.ބަނޑިދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި މެކްސްޓަރ މޯލްޑިވްސް އާއެކު ވަނީ ސޮއިކުރެވިފައި ކަމަށް ޔޫތް މިނިސްޓްރީން ހާމަކޮށްފި.

އަމީނީ މަގުގައި 335 ސައިކަލް ޕާކުކުރެވޭނެ ޕާކިން ޒޯނެއް

އަމީނީ މަގުގެ ޓްރެފިކް ޕޮލިސް ކައިރީގައި ސައިކަލްތަކަށް ޕާކްކުރެވޭނެ ޕާކިން ޒޯނެއް ހަދައި ނިންމާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ގްރެޖުއޭޓް އިންޓާރންޝިޕް ޕްރޮގްރާމުގެ ކާމިޔާބީ ފާހަނގަކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ގްރެޖުއޭޓް އިންޓާރންޝިޕް ޕްރޮގްރާމުގެ ކާމިޔާބީ ފާހަނގަކުރުމަށާއި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމަށް އަލަށް ހޮވުނު 15 ދަރިވަރުންނާއެކު އިންޓާރންޝިޕްގެ ހަތަރު ވަނަ ބުރެއް ފަށައިފިއެވެ.

ވިއްސާރައާއި އުދައެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަދާހަމަކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކަށް މިދިޔަ ޖުލައި މަހު ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކަށް ބަދަލުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ސަރުކާރުން ދީފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0