މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
6 ސެޕްޓެމްބަރ 2022 - 18:47
ރައީސް، ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އާއި ބައްދަލުކޮށްފި
ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި އެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި https://t.co/6PPF4yE2bJ— The President's Office (@presidencymv) September 6, 2022
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި، އެ އެސޯސިއޭޝަންގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި ބޯޓިން ދާއިރާ ހިންގުމާއި އެ ދާއިރާ ކުރިއެރުވުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް
Construction of bund wall is ongoing, with 43% completion, for Th. Hirilandhoo Land Reclamation and Shore Protection Project.#MTCCProjects #RayyithungeKunfuni pic.twitter.com/zGqOIqb9Mo— MTCC Plc (@MTCCPlc) September 6, 2022
ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަންޑު ވޯލް ހެދުމުގެ މަސައްކަތުގެ 43 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.
މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި، 1080 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނޭ. މި މަޝްރޫޢަކީ 105.19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މިނީބަސް ދުއްވާ މަގުތަކުގައި ދިމާވާ ޓްރެފިކް ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާނެ
މިނީބަސް ދުއްވާ މަގުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެhttps://t.co/hiCJMbq4U4 pic.twitter.com/h7oax7v2PF— Maldives Police (@PoliceMv) September 6, 2022
މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކު ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށް ފުލުހުން މައުލޫމާތުދީފި އެވެ.
އެގޮތުން، މިނީބަސް ދުއްވާ މަގުތަކުގައި، ހާއްސަކޮށް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާނެއެވެ.
މިއަދުން ފެށިގެން އާރް.ޓީ.އެލްގެ ށ. އަތޮޅުގެ ފެރީދަތުރުތައް ކުރެވޭނީ ޓިކެޓު ނެގުމަށްފަހު
ޓިކެޓު ނަގައިގެން ދަތުރުތައް ފެށުމުގެ ކުރިން ށ. އަތޮޅުގެ ކައުންސިލްތަކަށް ވަނީ އާރް.ޓީ.އެލް އާ ގުޅޭމައުލޫމާތު ހިއްސާކޮށްިފައި. އަދި އަހުލުވެރިކުރުމުގެ ދަތުރުތަކުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކައުންސިލް މެދުވެރިކޮށް މަޝްވަރާކޮށްފައިވޭ. pic.twitter.com/DlpUCKpCPT— Min.of National Planning, Housing & Infrastructure (@MoNPHImv) September 6, 2022
މިއަދު, 06 ސެޕްޓެމްބަރު 2022 އިން ފެށިގެން އާރް.ޓީ.އެލްގެ ށ. އަތޮޅުގެ ފެރީދަތުރުތައް ކުރެވޭނީ ޓިކެޓު ނެގުމަށްފަހު ކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތުދީފި އެވެ. ޓިކެޓު ނެގުމަށް އާރް.ޓީ.އެލް އެޕް ނުވަތަ ވެބް ޕޯޓަލް ބޭނުން ކުރެވޭނެ އެވެ.
ވިލިމާލޭގެ ފަރަށް ލިބުނު ގެއްލުން އީޕީއޭއިން ބަލަން ފަށައިފި
A joint survey was conducted today at Villimale House Reef to assess the damages caused to the reef due to the grounding of self elevating platform YUVRAJ. The Director General of EPA took part in today’s assessment. pic.twitter.com/4VRDzVXmim— EPA Maldives (@EPAMaldives) September 6, 2022
ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިން ފަށައިފިއެވެ.