މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

10 ސެޕްޓެމްބަރ 2022 - 17:43

ރައީސް، 3 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމަށް ލ. ގަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 3 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފަށްޓަވައިދެއްވުމަށް މިއަދު މެންދުރު ފަހު ލ. ގަމަށް ވަޑައިގެންފިއެވެ.

advertisement

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދެބައިކުޅައެއްބައި ނިމިއްޖެ

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 51 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދީފި އެވެ. މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށްވެސް އެ ކުންފުނިން ހާމަކުރި އެވެ.

މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 19.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މީރާއަށް އޮގަސްޓްގައި 1.3 ބިލިއަން ރުފިޔާގެ އާމްދަނީ

މީރާ އަށް މިދިޔަ އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި 1.32 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން ނިންމާލައިފި

ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން، 32 އަންހެނުންނާއެކު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މާލެ އާއި ވިލިމާލޭގެ ކުނި ނެގުމުގެ ހިދުމަތް އަލުން ވެމްކޯއަކާއި ހަވާލު ނުކުރަނީ

މާލެ އާއި ވިލިމާލޭގެ ކުނި ނެގުމުގެ ހިދުމަތް ވެމްކޯ އާއި ހަވާލު ނުކުރީ ހަރަދު ކުޑަކޮށް މަގުތަކުން އަވަހަށް ކުނި ނަގައި ސާފު ކުރުމަށް ކަމަށް މާލެ ސިޓިކައުންސިލުން ބުނެފިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0