ދޭތެރެ ދުރުކުރާ ބޭސް ކެއުމުންވެސް ބައެއް ފަހަރު މާބަނޑުވަނީ ކީއްވެ؟

11 ސެޕްޓެމްބަރ 2022 - 10:03

ބާރތް ކޮންޓްރޯލް ޕިލްއަކީ ވަރަށް ގިނަ މީހުން މާބަނޑު ނުވުމަށް ބޭނުންކުރާ އެއްޗެކެވެ. މިއީ ބަރތް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭވެސް އެއްޗެކެވެ. މިއިން ނަތީޖާ ފެންނަ އިންސައްތަ އުޅެނީ %99.7 ގައެވެ. ނަމަވެސް ގިނަ އަންހެނުންނަށް ދިމާވާ މައްސަލައަކީ ކޮންމެ ދުވަހަކު ޕިލް ނަގަން ހަނދާން ނެތުމެވެ. އެހެންކަމުން މާބަނޑު ވެދާނެ އިންސައްތަ އިތުރުވެއެވެ. ޕިލް ބޭނުންކުރިނަމަވެސް އެއިން ނަތީޖާ ނުފެނިދާނެ އިތުރު ސަބަބުތަކުގެ ތެރޭގައި:

  • ޕިލް ނެގުމަށްފަހު މާގިނައިން ހޮޑުލެވުން ނުވަތަ ބޭރަށްހިންގުން
  • އެންޓިބައޮޓިކްއާއި، ބައެއްކަހަލަ ހާބަރ ބޭސް ބޭނުންކުރުން
  • މާބޮޑަށް ފަލަވިން. ބައެއް ހޯދުންތަކުން ދައްކާގޮތުގައި މާބޮޑަށް ފަލަވެފައިވާ އަންހެނުންނަށް ބަރތް ކޮންޓްރޯލް ޕިލް މަސައްކަތެއް ނުކުރެއެވެ.

ބަރތް ކޮންޓްރޯލް ޕިލް މަސައްކަތް ނުކުރުމުގައި އެހެން މައްސަލައެއް އުޅޭނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓްރެއްގެ އިރުޝާދު ހޯދުމެވެ. އެގޮތުން ކޮންޑަމް ބޭނުންކުރަންވީތޯ ނުވަތަ ބަރތް ކޮންޓްރޯލް ކުރުމަށް އެހެން ގޮތެއް ހިޔާރު ކުރަންވީތޯ ޑޮކްޓަރުގެ ލަފާއަކަށް އެދެވިދާނެއެވެ.

advertisement

ބަރތް ކޮންޓްރޯލް ޝޮޓް

މިއީވެސް ބަރތް ކޮންޓްރޯލް ކުރުމަށް ކުރާ ކަމެކެވެ. މި ޝޮޓް ނަގަނީ ކޮންމެ 3 މަހަކުންނެވެ. މިއީ ގަޔަށް ޖަހާ އިންޖެކްޝަންއެކެވެ. މިއިން މާބަނޑުވާ އިންސައްތަ %99.8 ކުޑަކޮށްދެއެވެ. ނަމަވެސް މި ޓްރީޓްމަންޓް ނަގާ މީހުން މާބަނޑުވަނީ ހަމަޖެހިފައިވާ ދުވަހަށް ޝޮޓް ނުނަގާތީއެވެ.

ބަރތް ކޮންޓްރޯލް އިންޕްލާންޓް

މިއީ އަތަށް ލައްވާ ކުޑަ ރޮޑް ކޮޅެކެވެ. މިއީ 3 އަހަރަށް ލައްވާ އެއްޗެކެވެ. މިއިން މާބަނޑުވާ ރޭޓް %99.9 އަށް ދަށްކޮށްދެއެވެ. 3 އަހަރަށްފަހު އަދިވެސް މާބަނޑުވާން ބޭނުންނުވާނަމަ އަލުން އައު އެތިކޮޅެއް ލެއްވިދާނެއެވެ.

މިނޫނަސް ބަރތް ކޮންޓްރޯލް ކުރަން ތަފާތު އެކިއެކި ގޮތްތައް ހުރެއެވެ. ބަރތް ކޮންތްރޯލް ކުރަން ބޭނުންވާނަމަ އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމެވެ. އެއަށްފަހު ތިމާއަށް އެންމެ ގުޅޭ ބަރތް ކޮންޓްރޯލް ގޮތަކީ ކޮބާތޯ ބަލައި އެގޮތައިގެން ކުރިއަށްދިއުމެވެ.

ރިއެކްޝަންސް
10
5
1
1
2
1
3