ލޭގެ ޕްރެޝަރު މަތިވާނަމަ ކަށިތަކަށް ނޭދެވޭ އަސަރުކުރޭ: ދިރާސާ

11 ސެޕްޓެމްބަރ 2022 - 11:55

ހޯދުންތަކުން ދައްކާ ގޮތުގައި ލޭގެ ޕްރެޝަރު މަތިވުމާއި މީހާގެ ކަށިތަކާއި ވަނީ ގުޅިފައެވެ. އެގޮތުން ލޭގެ ޕްރެޝަރު މަތިވާނަމަ ކަތިތަކުގެ ސިއްހަތު ދަށްވެ މައްސަލަތައް ޖެހުން ގާތެވެ.

އޮސްޓިއޮޕޮރޮސިސްއަކީ ކަށިތަކަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ކަށިތަކުގައި ހުންނަ މިނަރަލް ޑެންސިޓީ މަދުވެ، ކަށިތަކުގެ ސްޓްރަކްޗަރއަށް ބަދަލު އާދެއެވެ. އަދި މީގެ ސަބަބުން ކަށިތައް ފީވުމާއި އަވަހަށް ބިންދައިގެން ދިއުން ނުވަތަ ރެނދުލުމަށް މަގުފަހިވެއެވެ.

advertisement

ހޯދުންތަކުން ދައްކާގޮތުގައި ލޭގެ ޕްރެޝަރު މަތި މީހުންނަށް އޮސްޓިއޮޕޮރޮސިސް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ބްލަޑް ޕްރެޝަރު މަތިވުމުގެ ސަބަބުން ދޭ ބައެއް ބޭސްތަކުގެ ސަބަބުންވެސް ކަށިތަކަށް އަސަރުކޮށް އޮސްޓިއޮޕޮރޮސިސް ޖެހޭކަމަށް ދިރާސާއިން ދައްކައެވެ.

ހަށިގަނޑުގައި ލޭހިނގުމުގެ މިންގަނޑު ހުންނަންޖެހޭ މިންވަރަށްވުރެ މަތިކޮށް ހުންނަނަމަ އެއީ ލޭމައްޗަށް ދިއުން ކަމުގައި ބެލެވެއެވެ. ހަށިގަނޑުގައި ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންވަރުގައި ހުރުމަކީ ސިއްހަތު ސަލާމަތުން ހުރުމަށް ކޮންމެހެން ބޭނުންކަމެކެވެ. ލޭ މައްޗަށް ދާކަމަށް ބެލެވެނީ ލޭގެ ޕްރެޝަރ 140-90 އާ ހަމައިން ނުވަތަ އެއަށްވުރެ މަތިވެއްޖެ ނަމައެވެ.

ލޭގެ ޕްރެޝަރު މަތިވާނަމަ ފެނިދާނެ ބައެއް އަލާމާތްތައް:

  • ބޮލުގައި ރިހުން
  • ބޯއެނބުރުން
  • ނޭފަތުން ލޭއައުން
  • ފައިފޮއްސިވުން
  • ނޭވާކުރުވުން
  • ހިތުގެ ވިންދު ޖެހުމުގެ ހަމަ ގެއްލުމާއި ވިންދު އަވަސްވުން
  • ލޯއަނދިރިވުން
  • ފައިގެ ކުޑަހުޅު އަތުގެ އިގިލިތައް ދުޅަވުން

ލޭމައްޗަށް ދިއުމުން ފަރުވާ ނުހޯދައި ގިނަދުވަސް ވުމުން ލޭނާރުތަކުގެ ތެރޭގައި މައްސަލަ ޖެހި، ހަށިގަނޑުގެ އެކި ގުނަވަންތަކަށް ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި:

  • ސިކުނޑީގެ ނާރުތައް ފަޅައިގެން ދިއުމާއި، ބެދުމުގެ ސަބަބުން ވާގިނެތޭ ބަލި ޖެހުން ނުވަތަ ސްޓްރޯކްޖެހުން .
  • ލޯއަނދިރިވުން
  • ގުރުދާ ގެ މައްސަލަތައް ދިމާވުމާޢި ގުރުދާ ފޭލްވުން
  • ހިތުގެ މައްސަލަތައް ކުރިމަތިވުމާއި ހިތުގެ މަސައްކަތް ހުއްޓުން
  • ހާޓް އެޓޭކް ޖެހުން.
ރިއެކްޝަންސް
0
0
1
16
0
0
0