ބަރުދަން ލުއިކުރާއިރު ކޮށްގެން ނުވާނެ ބައެއް ކަންކަން

13 ސެޕްޓެމްބަރ 2022 - 15:28

ބަރުދަން ލުއިކުރުމަކީ މިހާރު ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ނަމަވެސް ބަރުދަން ލުއިކުރުމަށް ގެންގުޅޭ ބައެއް އާދަތަކަކީ މީހާގެ ސިއްހަތައް އެންމެ އެކަށީގެންވާ އާދަތަކެއް ނޫނެވެ. އެހެންކަމުން ބަރުދަން ލުއިކުރާއިރު ކޮށްގެން ނުވާނެ ބައެއް ކަންކަން ހިމަނާލާނަމެވެ.

ބަނޑުހައި ނުވިއަސް އަބަދުވެސް ހެނދުނުގެ ނާސްތާ ނެގުން

ރޭގަނޑުގެ ނިންޖަށް ފަހުގައި ހަށިގަނޑުގެ މެޓަބޮލިޒަމް ބޫސްޓް ކުރުމަށް ހެނދުނުގެ ނާސްތާއަކީ ވަރަށް މުހިންމު އެއްޗެކެވެ. ނަމަވެސް ބަރުދަން ލުއިކުރުމަށް ނުކައި ހުންނަންވެގެން ބައެއް މީހުންނަށް ހެނދުނުގެ ނާސްތާ ދޫކޮށްލެވެއެވެ. ބަނޑުހައި ނޫންކަމުގައިވީނަމަވެސް ހެނދުނުގެ ނާސްތާއަކީ ބަރުދަން ލުއިކުރަން މަސައްކަތް ކުރާ މީހަކަށް ވަރަށް މުހިންމު ކަމެކެވެ. ހޯދުންތަކުން ދައްކާގޮތުގައި ހެނދުނުގެ ނާސްތާ ކައިގެން މީހާގެ ބަރުދަން އިތުރެއް ނުވާނެއެވެ. ނަމަވެސް ނާސްތާ ނުނަގާ ދޫކޮށްލުމަކީ ބަރުދަން އިތުރުވެދާނެ ކަމެއްކަމުގައި ވަނީ ބުނެފައެވެ. މިކަން މިހެން ދިމާވަނީ ހެނދުނުގެ ނާސްތާ ނުނަގާ ދޫކޮށްލާ މީހުން މެންދުރު މާގިނައިން ކާތީއެވެ. މާގިނައިން ކެއުމުގެ ސަބަބުން މެންދުރު ހަށިގަނޑަށް މާގިނައިން ކެލޮރީސް ލިބޭކަމަށް ހޯދުންތަކުން ދައްކައެވެ.

advertisement

މާއަވަހަށް ބަރުދަން ލުއިކުރުން

މާއަވަހަށް ބަރުދަން ލުއިކުރުމަކީ ނަތީޖާ ކުރީބައިގައި ފެނުނު ނަމަވެސް އޭގެ ނަތީޖާ ފަހުން ނުފެންނަ ކަމެކެވެ. ހޯދުންތަކުން ދައްކާގޮތުގައި މާއަވަހަށް ބަރުދަން ލުއިކުރުމުގެ ސަބަބުން ފުރަތަމަ 5 މަސްދުވަހު ބަރުދަން ލުއިވެދާނެއެވެ. އެހެންނަމަވެސް އަނެއްކާވެސް 18 މަސްދުވަސް ވަރު ފަހުން ބަރުދަން އަނެއްކާވެސް %10 އިތުރުވާކަމަށް ދައްކައެވެ.

ކާޑިއޯ ވާކްއައުޓްއަށް މާބޮޑަށް ސަމާލުވުން

ކާޑިއޯވެސްކިއުލަރ ނުވަތަ އެރޮބިކްސް އަކީ މީހާގެ ސްޓްރެސް ލެވެލް ކުޑަކޮށްދޭ އަދި ހިތާއި މީހާގެ ސިއްހަތައް ފައިދާކުރާ ކަސްރަތެކެވެ. ނަމަވެސް މިއީ ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހަކަށް އެންމެ އެކަށީގެންވާ ކަސްރަތެއް ނޫނެވެ.

ނެޗުރަލް ފެޓް ހިމެނޭ ކާނާ ކެއުން މަދުކުރުން

އަހަރެމެންނަށް ހީވެފައި އޮންނަ ގޮތުން ޕެޓްސްއަކީ ހަށިގަނޑަށް ގެއްލުންދޭ އެއްޗެކެވެ. އެހެންނަމަވެސް މިކަން މުޅިން އޮތީ މިހެނެއް ނޫނެވެ. ފެޓީ ހުރިހައި ކެއުންތަކުން ދުރުވުމަކީ އަދި މީހާގެ ބަރުދަން ލުއިކޮށްދޭނެ ކަމެއްނޫނެވެ.

ރިއެކްޝަންސް
4
1
4
9
4
1
1