ތާރީހުގެ ތެރެއިން: އެމްޑީޕީގެ ދެ ރައީސުންވެސް ނޫސްވެރިކަން ކުރުން

20 ސެޕްޓެމްބަރ 2022 - 14:14

ރާއްޖެއަށް މަލްޓި ޕާޓީ ނިޒާމު ތައާރަފް ވުމުގެ ކުރިން، އޭރު ވެރިކަން ކުރަމުން އައި ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ފާޑު ކިޔުމާއި، ގައުމުގެ އެކި ދާއިރާތަކުގެ ހިންގުމަށް ފާޑު ކިޔުން އެއްގޮތަކަށް ވެސް ނެތޭވެސް ބުނެވިދާނެއެވެ.

ނަމަވެސް 1989 ވަނަ އަހަރު ރާއްޖޭގައި ނެރުނު “ސަންގު” ނޫހަކީ މި ދެންނެވި ކަންކަމަށާއި، ވެރިކަމުގެ ނިޒާމުގެ ހުދުމުހުތާރުކަމުގެ ވާހަކަ ފާޅުކަން ބޮޑުކޮށް ލިޔެ ޝާއިއު ކުރަންފެށި ފުރަތަމަ ނޫހެވެ.

advertisement
ސަންގު މަޖައްލާ

ސަންގު ނޫސް އުފެދިގެން އައިއިރު، މަސްއޫލުވެރިންގެ ގޮތުގައި އޭރު އުޅުނީ ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ޝަފީގު (ކުރަހާ ސައްޕެ) އާއި، ޑޭޒީމާގޭ އަހުމަދު އައްބާހެވެ.

ސަންގު މަޖައްލާ

އެއީ އެއިރުގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ބިރުވެރި، ނުރައްކާތެރި ގަލަންތަކަކުން ލިޔެވެމުން އައި ނޫހެއް ކަމަށް ސިޔާސީ މުފައްކިރުންނާއި ލިޔުންތެރިން ސިފަކުރެއެވެ.

ރައީސް މައުމޫނުގެ ސަރުކާރުން ސަންގު މަޖައްލާ ބަންދުކުރުމާ އެކު، އޭގެ ފަހުން “މިނިވަން” ނަމުގައި ރައީސް މުހައްމަދު ނަޝީދު ނޫހެއް އުފެއްދެވި އެވެ.

ފޮޓޯ: ޓުވިޓާ

އެ ނޫސް ހުއްޓާލެއްވީ، 2008ގައި ވެރިކަމަށް ވަޑައިގެން، ވެރިކަމުގައި ހުންނަވާއިރު އަމިއްލަ ނޫހެއް ހިންގަވަން ބޭނުންފުޅު ނޫން ކަމަށް ވިދާޅުވެ އެވެ.

ރިއެކްޝަންސް
0
2
1
0
0
0
0