ގަސްކެނޑުމުން އާންމުންގެ ޝަކުވާ އަންނާނެކަމަށް އީއައިއޭ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައި
22 ސެޕްޓެމްބަރ 2022 - 10:22
ސޯސަލް މީޑިއާގައި މިހާރު އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކައަކީ އަމީނީ މަގު ތަރައްޤީކުރުމަށް އެ މަގުގައި ހުރި ގަސްތައް ކަނޑާފައިވާތީ އެކަމާއި ގުޅިގެން އާންމުން ފާޅުކުރަމުން އަންނަ ކަންބޮޑުވުމެކެވެ. ގިނަ ބަޔަކު މިކަމާއި ގުޅިގެން ވަނީ ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފައެވެ.
ގަސްކެނޑުމުގެ ސަބަބުން އެމަގުގައި ހޫނުމިން އިތުރުވެފައިވާކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި އެ ގަސްތަކަކީ އެ މަގުގެ ރީތިކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައިވެސް މީހުން ވަނީ ބުނެފައެވެ.
#SaveAmeeneeMaguTrees
EIA athujehihje
"Detailed concept design of the road along with the detailed design of the proposed stormwater
management network was not available in time for EIA submission"
Read as: Corruption hingan vaanuvaa thereyn ufankohfa oyi project eh.— Hon. Afrah Ismail (@iharfa) September 21, 2022
އަމީނީ މަގު ތަރައްޤީކުރުމަށް ހަދާފައިވާ އީއައިއޭ ރިޕޯޓްގައިވެސް ވަނީ ގަސްކެނޑުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުން އަންނާނެކަމަށް ބުނެފައެވެ.
Reason number 4,926,427 why we should #SaveAmeeneeMaguTrees and stop #MvTreeGrab
Trees are fucking cool!
18.6°C cooler in this case while walking on the pavement under the shade of a tree. pic.twitter.com/uuD0zjOfZ2— Hon. Afrah Ismail (@iharfa) September 21, 2022
އީއައިއޭ ރިޕޯޓްގައި ބުނެފައިވަނީ މަޝްރޫއާއި ގުޅުންހުރި ފަރާތްތަކާއިއެކު ކުރެވުނު މަޝްވަރާތަކުގައި ފާހަގަކުރެވުނު މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި މަގުގައި ހުރި ގަސްތައް ނެގުން، މަގު ހަދަމުންދާއިރު މަގު ބޭނުންކުރުން، މަގުގައި ގާއިމްކުރެވޭ ފެން ހިންދާ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ނުލިބުން، ފެނާއި ނަރުދަމާ އަދި ކަރަންޓާއި މުވާސަލާތީ ޙިދުމަތްތައް ފޯރުކޮށްދިނުމަށް މިހާރު އެއްގަމުގައި ވަޅުލާފައި ހުރި ކޭބަލްތަކާއި ހޮޅިތަކަށް ގެއްލުންވުން ހިމެނެއެވެ.
އަމީނީ މަގުގައި 147 ގަސްހުރިއިރު މީގެތެރޭގައި 63 އިންސައްތަ ގަހަކީ ހިޔާ ފޯރުކޮށްދޭ ބޮޑެތި ގަސްތަކެވެ. މަސައްކަތް ކުރިއަށްގެންދާއިރު ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި މަގުގައި ހުރި ބޮޑެތި ގަސްތައް ކެނޑުމުން އެމަގުގެ ރީތިކަމަށާއި އަދި އާންމު ރައްޔިތުންގެ ޝަކުވާ އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް އީއައިއޭ ރިޕޯޓްގައި ވަނީ ބުނެފައެވެ.