މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
2 އޮކްޓޯބަރ 2022 - 18:03
ރައީސްގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
The Foreign Secretary of India pays courtesy call on the President https://t.co/Jyn7usgIaZ pic.twitter.com/vleaNALVcq— The President's Office (@presidencymv) October 2, 2022
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިޕްލޮމަސީގެ ދާއިރާއިން ފޮރިން ސެކްރެޓަރީ ކުރައްވާފައިވާ ގިނަ ގުނަ ޚިދުމަތްތައް ފާހަގަކުރައްވައި އެމަނިކުފާނަށް ތަޢުރީފު ކުރައްވާފައެވެ.
ހއ. މުރައިދޫ ބަނދަރު މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެ
Work on design and build of Ha. Muraidhoo Harbor Development Project is well underway, with overall 57% project progress, We have completed construction of quay wall.#MTCCProjects #RayyithungeKunfuni pic.twitter.com/RE2co1XJbG— MTCC Plc (@MTCCPlc) October 2, 2022
ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދީފި އެވެ.
މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 33.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޕާކިސްތާނަށް އެހީވުމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައި ފަންޑު ފޮއްޓެއް
ޙާލުގައިޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ މުދައްރިސުންގެ އިސްނެންގެވުމަކަށް، ފަންޑްރެއިޒިން ޙަރާކާތެއް 02 އޮކްޓޫބަރު 2022 އާދީއްތަ ދުވަހުގެ ހެނދުނު 08:00 އިން ރޭގަނޑު 21:00 އަށް ކުރިއަށް ގެންދިއުން pic.twitter.com/uIK7YCTLVj— National Centre for the Holy Quran (@nchq_official) October 2, 2022
ޙާލުގައިޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ މުދައްރިސުންގެ އިސްނެންގެވުމަކަށް، ފަންޑްރެއިޒިން ޙަރާކާތެއް މިއަދު ހެނދުނު 08:00 އިން ރޭގަނޑު 21:00 އަށް ކުރިއަށް ގެންދާނެ ކަމަށް އެ ފަރާތުން މައުލޫމާތުދިނެވެ.
ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީhttps://t.co/SVb1ecZZJ9 pic.twitter.com/0qoPZOmLjV— Maldives Police (@PoliceMv) October 2, 2022
ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުޙައްމަދު އަޛުހާނު އިސްމާޢީލް (31އ) ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އިންޑިއާއިން މާލެއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ފަޅުވެރިން މާލެ ގެނެސްފި
އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަ ފަޅުވެރިން ރޭ މާލެ ގެނެސްފި.https://t.co/64soAUpRUQ pic.twitter.com/FK6VIoOT1e— Maldives National Defence Force (@MNDF_Official) October 2, 2022
އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަ ފަޅުވެރިން ރޭ މާލެ ގެނެސްފި ކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތުދީފި އެވެ.