ނައިބު ރައީސް ރ. އަތޮޅަށް ކުރި ދަތުރުތަކުގެ ތެރެއިން ކައުންސިލްތަކާއި ކުރެވުނު މަޝްވަރާ

9 އޮކްޓޯބަރ 2022 - 15:54

މި ނިމިގެންދިޔަ ހޮނިހިރުދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވަނީ ރ. އިނގުރައިދޫ، އިންނަމާދޫ، މާކުރަތު، އުނގޫފާރު އަދި ދުވާފަރުގެ ކައުންސިލުތަކާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބައްދަލުކޮށްފައި އެވެ.

ރ. އިނގުރައިދޫ ކައުންސިލާއި އ.ތ.މ. ކޮމެޓީއާ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރުން

މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

advertisement
  • ކައުންސިލު އިދާރާގެ އިމާރާތާއި ސްކޫލާއި އިންޖީނުގޭގެ އޮފީސް އިމާރާތުގެ ޖާގައިގެ ދަތިކަން
  • ހެލްތް ސެންޓަރުގެ އެކްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކުރުމަށް ބޭނުންވާކަން
  • ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކާއި ރަށުގެ މުޖުތަމަޢުގައި ހުރި އިޖުތިމާޢީ ބައެއް މައްސަލަތައް

އ.ތ.ކގެ ކަންބޮޑުވުން:

  • އަންހެނުންނަށް އަމާޒުކޮށް ޕްރޮގްރާމްތައް ހިންގުމަށް ކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދެވޭނެ ތަނެއްގެ މުހިންމުކަން

ރ. އިންނަމާދޫ ކައުންސިލާއި އ.ތ.މ. ކޮމެޓީއާ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރުން

މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

  • ރަށުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް
  • ބަނދަރު އަޕްގްރޭޑްކުރަން ބޭނުންވާކަމާއި، އަދި ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް
  • ސްކޫލްގެ ޖާގައިގެ ދަތިތަކަން
  • ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތެއްގެ މުހިންމުކަން
  • ރަށްގިރުމުގެ މައްސަލަ
  • ރަށުގެ ސިނާޢީ މަސައްކަތްކުރާ ފަރާތްތަކަށް އެމަސައްކަތްތައް ކުރުމަށް ވަންދޫއިން ބިން ހަމަޖެއްސުން
  • ރަށުގައި ޕޮލިސް ޕޯސްޓެއް ޤާއިމުކުރުން
  • ރަށުގައި ކުނިމެނޭޓްކުރުމުގައި ކުރިމަތިވާ ދަތިތައް

އ.ތ.ކގެ ކަންބޮޑުވުން:

  • ރަށުގައި ފަތާ ފެންގަޑެއް އަދި ކުޑަކުދިންގެ ޕާކެއް ޤާއިމުކުރުމަށް ބޭނުންވާކަން

ރ. މާކުރަތު ކައުންސިލާއި އ.ތ.މ. ކޮމެޓީއާ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރުން

މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

  • ބަނދަރުގެ މަޝްރޫއު ކުރިޔަށްދާއިރު ގެންނަން ބޭނުންވާ ބަދަލުތައް
  • ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރަން ބޭނުންވާކަން
  • ޞިއްޙީ މަރުކަޒުގެ ވަޞީލަތްތައް އިތުރުކޮށް ޚިދުމަތްދޭ ގަޑި އިތުރުކުރަން ބޭނުންވާކަން
  • ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން
  • ރަށުގައި ފުލުހުންގެ ޚިދުމަތް އަވަހަށް ޤާއިމުކުރަން ބޭނުންވާކަން
  • ރަށުގެ އިޖުތިމާޢީ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ އިތުރު ކަންކަން

އ.ތ.ކގެ ކަންބޮޑުވުން:

  • އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ބަޖެޓުގެ ދަތިކަން

:މާކުރަތުގެ މުއައްސަސާތަކުން ފާހަގަކުރި ކަންކަން

  • މިހާރުވެސް ސްކޫލުގައި ތަރައްޤީކުރަމުންދާ ކްލާސްރޫމުތައް ހިމެނޭ އިމާރާތުގެ އިތުރުން މަލްޓިޕަރޕަސް ހޯލެއްގެ މުހިންމުކަން
  • ޓީޗަރުން ލިބުމުގައި ކުރިމަތިވާ ދަތިތަކާއި ޚާއްޞަކޮށް ސެންޓީޗަރުން ހޯދުމަށް ކުރިމަތިވާ ދަތިތައް

ރ. ދުވާފަރު ކައުންސިލާއި އ.ތ.މ. ކޮމެޓީއާ ބައްދަލުކުރުން

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

  •  ތަޢުލީމީ ދާއިރާއާއި ޞިއްޙީދާއިރާއަށް ބޭނުންވާ ވަޞީލަތްތަކާއި ޚާއްޞަކޮށް އިންސާނީ ވަޞީލަތުގެ ދަތިކަން
  • އައިސް ލިބުންފަދަ މަސްވެރިންނަށް ކުރިމަތިވާ އެކިދަތިތައް
  • ބޭންކެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވި

އ.ތ.ކގެ ކަންބޮޑުވުން:

  • ޖަމާޢަތްތެރިން ތަމްރީނުކުރުމަށް ކޯހެއް ހިންގުމަށް ބޭނުންވާކަން

:މާކުރަތުގެ މުއައްސަސާތަކުން ފާހަގަކުރި ކަންކަން

  • އައުޓްޑޯ ލައިބްރަރީއެއްގެ މުހިންމުކަން
  • ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިޔަށްގެންދިއުމުގެ މުހިންމުކަން
  • ފެމެލީ އެންޑް ޗިންޑްރަން ސަރވިސް ސެންޓަރަށް ބޭނުންވާ މުވައްޒަފުން ލިބުމުގައި ކުރިމަތިވާ ދަތިތައް
  • ބަޖެޓުގެ ދަތިކަން
  • ފުލުހުންގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށްގެންދިއުމަށް ބޭނުންވާ މުވައްޒަފުންނާ ވަޞީލަތްތަކުގެ ދަތިކަން

އުނގޫފާރު ކައުންސިލާއި އ.ތ.މ. ކޮމެޓީ އަދި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރުން

:ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި

  • ރަށަށް ބިން އިތުރުކުރުމަށް މިހާރު ކުރިޔަށްދާ މަޝްރޫޢުގެ އިތުރަށް އަދި ރަށަށް ބިން އިތުރުކުރަން ބޭނުންވާކަން
  • ބަނދަރުގެ ބޭރުތޮއްޓަށް ދޯނިފަހަރު ކައިރިކުރެވޭ ގޮތް ހެދުން
  • އެއްގަމުތޮށި މަރާމާތުކުރަން ބޭނުންވާކަން
  • ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާކަން
  • ސްކޫލްގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް މިހާރު ހަމަޖެހިފައިވާ 8 ކްލާސްރޫމުގެ އިތުރަށް 8 ކްލާސްރޫމް ބޭނުންވާކަން
  • ދަނޑުވެރިކަންކުރުމަށް ކައިރި ރަށަކުން ބިން ބޭނުންވާކަން

މުއައްސަސާތަކުން ފާހަގަކުރި ކަންކަން:

  • އުނގޫފާރު އިސްލާމީ މަރުކަޒުގައި ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގެ މުހިންމުކަން
  • ފުލުހުންގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދިނުމަށް ވަޞީލަތުގެ ގޮތުން ކުރިމަތިވާ ދަތިތައް
ރިއެކްޝަންސް
0
0
0
0
0
0
0