ދިރާގާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯޝަން ޖިއޮގްރަފިކް ސޮސައިޓީ ގުޅިގެން ރީފް އެސެސްމަންޓް ފޮޓޯ މުބާރާތެއް ބާއްވަނީ
11 އޮކްޓޯބަރ 2022 - 9:49
ދިރާގާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯޝަން ޖިއޮގްރަފިކް ސޮސައިޓީ ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ފަރުތަކުގެ ދިރުން ބެލުމަށް ފޮޓޯ މުބާރާތެއް ބާއްވާންވަނީ ހަމަޖެހިފައެވެ.
Dhiraagu has partnered with the Ministry of Tourism and Ocean Geographic to support a reef health assessment photo competition, held to commemorate the Golden Jubilee of Maldives’ Tourism.@MoTmv @OceanGeographic pic.twitter.com/NnHIIXyjl4
— Dhiraagu (@Dhiraagu) October 11, 2022
މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ބަލާ ކޮންމެ އަހަރަކު މިފަދަ ޗެކްއަޕްއެއް ކުރިއަށް ގެންދިޔުމެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޮޓޯ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޯބަރު 2022 ގައެވެ.
“ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ދިރާގާއި އޯޝަން ޖިއޮގްރަފިކް ސޮސައިޓީން މި ހަރަކާތުގައި ބައިވެރިވި ކަމަށްޓަކައި އަޅުގަނޑުމެން ޝުކުރު އަދާކުރަން. އަދި މޯލްޑިވްސް އެލައިންސް އޮޕް ޑައިވް އޮޕަރޭޝަންސްއިން މި އިވެންޓަށް ދެއްވާ ތަރުހީބު ފާހަނގަ ކޮށްލަން. އަޅުގަނޑުމެންގެ ފަރުތަކަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އެންމެ ބޮޑު އެއް ސަބަބު. މި މުބާރާތުގެ ޒަރިއްޔާއިން އަޅުގަނޑުމެން ބޭނުންވަނީ ކަނޑުގެ މާޙައުލުގެ ސިއްހަތަށް އިތުރު ސަމާލުކަންދީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ދުޅަހެޔޮކަންމަތީ އެ މާހައުލު ދެމެހެއްޓުމަށް މަސައްކަތްކުރަން.” ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުالله މައުސޫމް ވިދާޅުވިއެވެ.
“މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އޯޝަން ޖިއޮގްރަފިކްއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ މި މުހިންމު އިނީޝިއޭޓިވްގެ ބައިވެރިއަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ތިމާވެށި އަދި ވަކިން ޚާއްސަކޮށް ކަނޑުތަށް ހިމާޔަތްކުރުމަކީ ދިރާގުގެ ސީއެސްއާރުގެ މައިގަނޑު އެއް އަސާސް. މިގޮތުން މި ފޮޓޯ މުބާރާތަކީ ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ތަފާތު ރީތިކަން ދައްކައިދިނުމުގެ އިތުރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގެވެސް ވަރަށް މުހިންމު ބައެއްކަމުގައި އަޅުގަނޑުމެން ދެކެން.” ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
މި މުބާރާތުގައި ފޮޓޯ ނެގުމަށް ރާއްޖޭގެ 50 މައްޝޫރު ޑައިވް ސައިޓެއް ކުރިއާލާވަނީ ކަނޑައެޅިފައެވެ. މިއިން އެއް ސައިޓަށް ނުވަތަ އެއަށް ވުރެ ގިނަ ސައިޓުގެ ފޮޓޯ ނަގައިގެންވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް ނަގާ ކޮންމެ ސައިޓަކުން 5 ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަޅަން ޖެހެއެވެ. މި މުބާރާތުގެ ފޮޓޯތައް ބައިނަލްއަޤްވާމީ ޖަޖިން ޕެނަލަކުން ބެލުމަށްފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ ދެވަނަ އަދި ތިން އޮނަރަބަލް މެންޝަން ހޮވާނެއެވެ.
އަދި މުބާރަތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމަންޓްގައި ބައިވެރިވިކަމުގެ ކޮންޓްރިބިއުޝަން އޮފް އެޗީވްމަންޓް ސެޓްފިކެޓެއް ލިބޭނެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ 29 އޮކްޓޯބަރު 2022 ގައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް https://maldives50.site/