މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
16 އޮކްޓޯބަރ 2022 - 15:48
ދަނޑުވެރިކިމުގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކާށިދޫއަށް ވަޑައިގަންނަވަނީ
މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަލުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މާލެއަތޮޅު ކާށިދޫއަށް ކުރައްވާ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފަށްޓަވައިފިއެވެ.
ދުނިޔޭގެ އެނެސްތެޝިއާ ދުވަސް ފާހަގަކުރުމަށް އާއްމުން ހޭލުންތެރިކުރުމުގެ ސެޝަނެއް
A public awareness session #AskYourAnaesthesiolgist being held at @igmhmv to mark #WAD22@wfsaorg pic.twitter.com/9usWGyjCo5
— Maldives Anaesthesiologists Association (@AnaesthesiaMV) October 16, 2022
ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު ކުރިއައްގެންދިޔަ އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ދުނިޔޭގެ އެނެސްތެޝިއާ ދުވަސް ފާހަގަކުރުމަށް ސެޝަނެއްބާއްވައިފިއެވެ.
މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށަނީ
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ދީފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައުނާ ގއ. ގެމަނަފުށީ ކިއުންސިލާ ބައްދަލުކުރެއްވުން
މިނިސްޓަރ އާމިނަތު ޝައުނާ ގއ. ގެމަނަފުށީ ކިއުންސިލާ ބައްދަލުކުރެއްވައި އެރަށަށް ދިމާވެފައިވާ ކުނި މެނޭޖުކުރުމުގެ މައްސަލަތަކާއި ރަށްގިރުމުގެ ކަނަކަމުގެ ޙާލަތު އޮޅުން ފިލުއްވުމަށެވެ.
ސްޓޭޓް މިނިސްޓަރ އައިޔޫސީއެންގެ ލީޑަރުންގެ ފޯރަމްގައި ސްޓޭޓް ބައިވެރިވެވަޑައިގެންފި
State Minister Dr. Naseer attended the #IUCNLeadersForum held in Jeju Island, Korea as a Panelist at the session on “Building a net zero, nature positive world”. pic.twitter.com/IJaWKPYeHw— Min. of Environment, Climate Change and Technology (@MoEnvmv) October 16, 2022
ކޮރެއާގެ ޖެޖޫ އައިލެންޑްގައި ބޭއްވި އައިޔޫސީއެން ލީޑަރުންގެ ފޯރަމްގައި “ބިލްޑިންގ އަ ނެޓް ޒީރޯ, ނެޗުރަލް ޕޮޒިޓިވް ވޯލްޑް” ގެ ސެޝަންގައި ޕަނަލިނސްޓެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރ ޑރ. ނަސީރު ބައިވެރިވެވަޑައިގެންފިއެވެ.