ޒުވާން ދަނޑުވެރިޔާގެ ފޭރުގަސްތަކަށް ލާރި ނުދެވެނީ ފިނޭންސްއިން ލާރި ނުދޭތީވެ: މާލެ ސިޓީ ކައުންސިލް

30 އޮކްޓޯބަރ 2022 - 15:34

މާލެ ސިޓީ ކައުންސިލްގެ އޯޑަރަކަށް 80 ފޭރުގަސް ފޮނުވައި، އެ ގަސްތަކަށް ފައިސާ ނުލިބިގެން އެއްމަސްދުވަސްވީ ފިނޭންސް މިނިސްޓްރީން ކައުންސިލަށް ފައިސާ ނުފޮނުވާތީކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

އެމް.ވީ.ޕްލަސްއަށް މިއަދު ދިން ކޮމެންޓުގައި އެ ކައުންސިލުން ހާމަކޮށްފައިވަނީ، ފިނޭންސް މިނިސްޓްރީން  މާލެ ސިޓީ ކައުންސިލްގެ އާމްދަނީ ފަންޑަށް ފޮނުވަންޖެހޭ 3 މަހުގެ ފައިސާ ޕެންޑިންގައި ހުރުމުގެ ސަބަބުން ފޭރުގަސްތަކަށް   ފައިސާ ދައްކަން ދަތިވާ ކަމަށެވެ. ނަމަވެސް މިހާރު ޕޭމެންޓްދަނީ ކުރިއަށް ކަމަށްވެސް އެ ކައުންސިލުން ހާމަކުރި އެވެ.  

advertisement

ކައުންސިލުން އިތުރަށް ހާމަކޮށްފައިވަނީ، އެ ކައުންސިލަށް ނުދީ ހުރީ އެ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ދައުލަތަށް ވަދެފައި ހުރި އާމްދަނީ ކަމަށެވެ. އެއީ ޖުލައި، އޯގަސްޓް، އަދި ސެޕްޓެމްބަރު މަހުގެ ފައިސާ އެވެ. އެއީ ގާތްގަނޑަކަށް 8 މިލިއަން ރުފިޔާކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރި އެވެ.

އަދި ހަމަ އެހެންމެ، މީރާއިން ކަލެކްޓްކޮށްފައިވާ، ކައުންސިލަށް ލިބެންޖެހޭ، ޖުލައި، އޮގަސްޓް، ސެޕްޓެމްބަރު މަހުގެ ވެހިކަލްފީވެސް ލިބިފައިނުވާކަމަށް ކައުންސިލުން ބުންޏެވެ. އެއީ ގާތްގަނޑަށް 18 މިލިއަން ރުފިޔާ އެވެ.

ވީމާ ޖުމްލަ ގާތްގަނޑަކަށް 26 މިލިއަން ރުފިޔާ ކައުންސިލަށް ނުލިބޭ ކަމަށް މާލެސިޓީ ކައުންސިލުންވަނީ ހާމަކޮށްފައި އެވެ.

ރޭގައި ޒުވާން ދަނޑުވެރިޔާކޮށްފައިވާ ޓްވީޓުގައި ވަނީ މި ގަސްތަކަށް ފައިސާ ނުލިބިގެން ކައުންސިލަށް ގުޅާތާ އެއް މަސްދުވަސްވެއްޖެ ކަމަށެވެ.

އަދި އެފަރާތައް ދޭންޖެހޭ ފައިސާ ވީ އެންމެ އަވަހަކަށް ދިނުމަށްވެސް އެ ޕޯސްޓުގައި ވެ އެވެ.

ޓުވިޓާގައި މަޝްހޫރު “ޒުވާން ދަނޑުވެރިޔާ” އަކީ ދަނޑުވެރިކަމަށް ހުސްވެގެން ހުރި 37 އަހަރުގެ އަބްދުﷲ ރަމްޒީ އެވެ. އޭނާ އަކީ ރާއްޖޭގައި އާންމުކޮށް ނުހައްދާ ބާވަތް ހެއްދުމުގައި މަޝްހޫރު މީހެކެވެ. މީގެ ތެރޭގައި ޑްރެގަން ފުރުޓު އަދި މޭބިސްކަދުރު ހިމެނެ އެވެ.

ރިއެކްޝަންސް
0
1
1
0
1
1
0