މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
31 އޮކްޓޯބަރ 2022 - 16:34
ހދ.ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި
ހދ.ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮޕްމެނީ އާ ހަވާލުކޮށްފި. pic.twitter.com/lCmD0PDdPe— Min.of National Planning, Housing & Infrastructure (@MoNPHImv) October 31, 2022
ހދ.ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮޕްމެނީ އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު 47،621،920.40 ރުފިޔާއަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު (ނަންބަރު 2020/26) އަށް 1 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓަރ އދ. ދިގުރަށު ކައުންސިލާ ބައްދަލުކުރެއްވުން
މިނިސްޓަރ @aisthly, އދ. ދިގުރަށު ކައުންސިލާ ބައްދަލުކުރެއްވުން. މި ބައްދަލުކުރެއްވުމުގައި އެ ރަށު ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައި. pic.twitter.com/jmKm93NQxO— Ministry of Education (@MoEdumv) October 31, 2022
އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ އދ. ދިގުރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެ ރަށު ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
ހދ.ގެ އެލް.ކޭ.ޖީ. އޭއީސީން ހެލްތު ސްކްރީނިން ފުރިހަމަ ކޮށްފި
107 students from LKG of H.Dh. AEC completes the health screening conducted by the Public Health Unit of KRH. These health screenings are mandated by @MoEdumv to ensure every child reaches their potential and is not restricted by any treatable health problem.@presidencymv pic.twitter.com/l6x3lXtzPT— Kulhudhuffushi Regional Hospital (@KRHmv) October 31, 2022
ހދ.ގެ އަތޮޅުގެ ތައުލީމީ މަރުކަޒުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ކުރިއަށްގެންދާ ހެލްތު ސްކްރީންގައި ބައިވެރިވީ 107 އެލް.ކޭ.ޖީ ދަރިވަރުންނެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ
107 students from LKG of H.Dh. AEC completes the health screening conducted by the Public Health Unit of KRH. These health screenings are mandated by @MoEdumv to ensure every child reaches their potential and is not restricted by any treatable health problem.@presidencymv pic.twitter.com/l6x3lXtzPT— Kulhudhuffushi Regional Hospital (@KRHmv) October 31, 2022
ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ވޯރކްޝޮޕް އިމާރާތް ކުރުމާއި ގަރާޖު އިމާރާތް ކުރުމުގެ މަސައްކަތް 30 އޮކްޓޯބަރ 2022 ވަނަ ދުވަހު ފެށިއްޖެއެވެ. މިހާރު ކުރިއަށްދަނީ ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތެވެ.