ގ.އ މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮއްފި

6 ނޮވެމްބަރ 2022 - 12:08

ް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް] މަޝަރޫއުގެ ދަށުން ޑިޒައިން-ބިލްޑް-ފައިނޭންސް-އޮޕަރޭޓް އެންޑް ޓްރާންސްފަރ އުސޫލުން ގ.އ މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ޤާއިމްކޮށް ހިންގުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެކުއަބްރިޖް ކުންފުންޖާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަކުއަބްރިޖް-ޔޫނައިޓަޑް އަރަބް އެމިރޭޓްސްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.  ހެޗަރީ ފަރުމާކޮށް، ބިނާކޮށް ހިންގުމަށް 21 އަހަރުދުވަހަށް ކުރެވުނު މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރެވެ. އަދި އެކުއަބްރިޖްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ތަބީޝް އެވެ.  

advertisement

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަންއެވެ. މިނިސްޓަރ ގެ ވާހަކަފުޅުގައި މާނާގަލާގައި އެޅުމަށް އެއްބަސްވެވުނު މި ހެޗަރީއަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ކުރުމަށް ހުޅުވިގެންދާ ފުރުސަތެއް ކަމަށާއި މި ހެޗަރީގެ އިތުރުން މެރިކަލްޗަރ ކޮށްގެން ޑިނގާ އާލާކުރުން ހިމެނޭހެން ރަށްތަކެއް ކަނޑައެޅުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވައިލެއްވިއެވެ.

އެކުއަބްރިޖް ގެ ސީ.އީ.އޯ. މުހައްމަދު ތަބީޝް ގެ ވާހަކައިގައި މާނާގަލާގައި މި އިމާރާތްކުރާ ހެޗަރީގައި ދިވެހިން ގެ ތެރެއިން މިކަމަށް ޝައުގުހުރި ފަރާތްތަކުން މެރިކަލްޗަރ ކުރުމަށް ތަމްރީން ވުމުގެ ފުރުސަތު އޮތް ކަމުގައި ފާހަގަކުރެއްވިއެވެ.

21 އަހަރު ދުވަހަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އަކުއަބްރިޖް ކުންފުނިން 3 ފިޔަވައްސަކަށް ބަހާލައިގެން މާނާގަލާގައި 16 މިލިއަން ޑޮލަރު އިންވެސްޓު ކުރުމަށް އެއްބަސްވެފައިވެއެވެ. ދިވެހި ސަރުކާރުގެ ފަރާތުން [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ދަށުން މިހާތަނަށް ވަނީ 3.8 މިލިއަން ޑޮލަރުގެ ސަޕޯޓް އިންފްރާސްޓްރަކްޗަރ މާނާގަލާގައި ގާއިމް ކޮށްފައިވެއެވެ.

މި އެއްބަސްވުމުގައި ވާގޮތުން އަކުއަބްރިޖް-ޔޫނައިޓަޑް އަރަބް އެމިރޭޓްސް އިން އަހަރަކު 5 މިލިއަން ފާނަ، 2 މިލިއަން ހުފިލަނޑާ އަދި ދޮށީގެ މަސްވެރިކަމުގައި ދިރޭއެމުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި އަހަރަކު 150 ޓަނުގެ ބޭންގު އާލާކޮށް ވިއްކުމަށް ހަމަޖެހިފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0