އެމްއައިބީގެ އުޖާލާ ދިރިއުޅުން މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން ކަސްޓަމަރުން މުދާ ގަތުމުގެ ފުރުސަތު
8 ނޮވެމްބަރ 2022 - 14:10
މޯލްޑިވްސް އިސްލާމިކް ބޭންކުގެ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް މިހާރު ސްޓެލްކޯ ސޭލްސް ސެންޓަރުން ކަސްޓަމަރުން މުދާ ބައްލަވައިގަނެޥޭނެއެވެ.
މި ކުންފުނީގެ @StelcoSales އިން @mibmv އުޖާލާ ދިރިއުޅުން މެދުވެރިކޮށް މިހާރު މުދާ ބައްލަވައި ގަނެވޭނެ! pic.twitter.com/yf9WTqJMVS
— STELCO (@STELCOMALDIVES) November 2, 2022
މިގޮތުން ކަރަންޓުލުމަށް ބޭނުންވާ ހުރިހާ ސާމާނައި އަދި ކަރަންޓު ވައިރުކުރުމަށް ބޭނުންވާ އާލާތްތަކާއި އަދި މިނޫނަސް ކަރަންޓާއިގުޅޭ ތަފާތު ބްރޭންޑު ތަކުގެ އުފެއްދުންތައްވެސް ކަސްޓަމަރުންނަށް މިސްކީމްގެ ދަށުން ބައްލަވައިގަނެވޭނެއެވެ.
އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމަކީ ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތްތަކަށް ފުރިހަމަކަން ގެނައުމަށް ބޭނުންވާ ތަކެތި، ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް، ނެގޭ އެއް ސްކީމެކެވެ.
އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް މި ސްކީމުން މުދާ ގަނެވޭނެއެވެ.
މި ސްކީމުގެ ދަށުން ގިނަވެގެން ނެގޭނީ 400،000ރ. ގެ މުދަލެވެ. މިފަދަ ސްކީމްތަކުގެ ސަބަބުން ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާދައްކަން ދަތިވާ ފަރާތްތަކަށް ނުހަނު ގިނަ ފަސޭހަތައް ލިބިގެންދާނެއެވެ.
ފައިނޭންސިން އެހެން ސްކީމްތަކާ ހިލާފަށް މި ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ޚިޔާރުކުރެވޭނެއެވެ.
މި ސްކީމުގެ ދަށުން ލިބޭ ފައިސާގެ ލިމިޓް 06 މަސް ވަންދެން ބޭނުންކުރެވޭނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެއެވެ. .
އިތުރު މައުލޫމާތު ހޯއްދެވުމަށް ސޭލްސް ސެންޓަރުގެ ނަންބަރު 3338170 / 3337515 ގުޅުއްވާ ނުވަތަ ހޮޓްލައިން ނަންބަރ 9110888 އަށް ވައިބާ ކުރެވޭނެ. އަދި އީމެއިލް އެޑްރެސް sales@stelco.com.mv އީމެއިލް ކުރެވޭނެއެވެ.