މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

10 ނޮވެމްބަރ 2022 - 16:11

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ މިނިސްޓަރ އޮފް ހޯމް އެފެއާޒްއާ ބައްދަލުކުރައްވައިފި

އަފްރީން އަޚްތަރާއި މިނިސްޓަރު އިމްރާން ވަނީ ސަލާމަތީ އެއްބާރުލުމާއި މޯލްޑިވްސް އާއި އެމެރިކާގެ ދެފަރާތުގެ މަސްލަހަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

advertisement

ނަރުހުންގެ ދަރިވަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި

2022 ވަނަ އަހަރުގެ ޓާމް 2 ގެ ނަރުހުންގެ ދަރިވަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އާސަންދަގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިއްޔާ އެވެ.

ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި

މޫސުމާ ބެހޭ އިދާރާއިން ބުނެފާވައި ގޮތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭނެއެވެ.

ށ. ބިލެތްފަހި ފެރީ ޓާރމިނަލުގެ މަސައްކަތް ނިމިއްޖެ

ށ. ބިލެތްފަހި ފެރީ ޓާރމިނަލުގެ ހެދުމުގެ މަސައްކަތް ނިމިއްޖެއެވެ. މިއީ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ފެރީ ނިޒާމުގެ ޒޯން 1 ގައި ހިމެނޭ މަޝްރޫޢެކެވެ.

އެމްއެންޑީއެފް އެފްއާރުއެސްއިން ޢިއްޒުއްދީން ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި

ޢިއްޒުއްދީން ސްކޫލުގައި މިއަދު ކުރިއަށްގެންދިޔަ މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަން ޖެހޭނެ ގޮތްތައް ޢަމަލީގޮތުން ވަނީ ފަރިތަކޮށްފައެވެ. މިގޮތުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، ސްކޫލުގައި އެވަގުތު ތިބި ދަރިވަރުންނާއި ޓީޗަރުން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތްތައް ފަރިތަކޮށްފައިވެއެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0