ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4 ޕަބްލިކް ސުކޫލާއި 2 މިސްކިތް އަޅަނީ

13 ނޮވެމްބަރ 2022 - 16:06

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4 ޕަބްލިކް ސުކޫލާއި 2 މިސްކިތް އެޅުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. 

ހަތަރު ޕަބްލިކް ސްކޫލެއް އެޅުމަށް ސޮއެ ކުރެވުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެކު އަދި މިސްކިތް އެޅުމަށް ސޮއެ ކުރެވުނީ ސަންފްރަންޓް އަދި ވެލިގާ ހާޑްވެއާ އާއި އެކު އެވެ.

advertisement

ހަތަރު ސްކޫލެއް ބިނާ ކުރަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އުޅޭ ރައްޔިތުންނަށް

  • ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޓީމާއިއެކު ކުރެވުނު މަޝްވަރާތަކާއިއެކު މި ހަތަރު ސްކޫލް ބިނާ ކުރުމަށް ސަރަހައްދުތައް ކަނޑައެޅިފައިވަނީ ރައްޔިތުން އާބާދުވެ ދިރިއުޅެން ބިނާ ކުރެވޭ އިމާރާތްތަކާއި ގާތުގައެވެ.
  • ދެވަނަ ފިޔަވަހީގެ މެދުތެރެއަށް ވާނެހެން ސްކޫލްތައް ބިނާކުރެވިގެން ދިޔުމުން މުޅި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަ ކަމާއިއެކު ސްކޫލަށް ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
  • އަދި މި ސްކޫލްތަކުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ދިރިއުޅުމަށް ނިންމާފައިވާ ރައްޔިތުންނާއި އަދި ދިރިއުޅުމަށް އުންމީދު ކުރާ ރައްޔިތުންނަށް އެ ފަރާތްތަކުގެ ދަރިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ސަރުކާރުގެ ބެލުމުގެ ދަށުން ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ.
  • ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ސުކޫލުތަކުގެ ތެރެއިން ޕްލޮޓް N5-21 ގައި ގާއިމްކުރެވޭ ސުކޫލަކީ 50،098.85 އަކަފޫޓުގެ ޖާގައިގައި ގާއިމްކުރެވޭ ސުކޫލެކެވެ.
  • އަދި ޕްލޮޓް LZ-9 ގައި 50،098.85 އަކަފޫޓުގެ ސުކޫލު، ޕްލޮޓް N4-20 ގައި 66،777.84 އަކަފޫޓު އަދި ޕްލޮޓް N5-33 ގައި 70،710.53 އަކަފޫޓުގެ ސުކޫލު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަންފްރަންޓުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާ ކުރާ މިސްކިތް

  • 22,935 އަކަފޫޓުގެ ބިމެއްގައި ބިނާކުރެވޭ މި މިސްކިތަކީ އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް މިސްކިތުގެ ބޭރުގައި އީދު ފަދަ މުނާސަބަތުގައި ސަލާން ގަލާން ކުރުން ފަދަ ހަރަކާތްތަކަށް ރައްޔިތުންނަށް ޖާގަ ލިބޭނެ ޒަމާނީ މިސްކިތެކެވެ.
  • މީގެއިތުރުން، މި މިސްކިތުގައި އަންހެނުންނަށް އެކަހެރިކޮށް ވުލޫކުށް ނަމާދު ކުރެވޭނެއެވެ. އަދި އިރުގެ ހަކަތަ، މި މިސްކިތުގައި ބޭނުންކުރެވޭނެއެވެ. އަދި މި މިސްކިތުގެ އެތެރޭގައި އެއްފަހަރާ 2000އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެއެވެ.

ވެލިގާ ހާރޑްވެއަރއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާ ކުރާ މިސްކިތް

  • 15,457 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލާއަށް ބިނާކުރެވޭ މި މިސްކިތުގައި ވެސް އިރުގެ ހަކަތަ ބޭނުންކުރެވޭނެއެވެ.
  • އަދި އެކަހެރިކޮށް އަންހެނުންނަށް ނަމާދު ކުރުމުގެ ހުރިހާ އިންތިޒާމެއް މި މިސްކިތުގައިވެސް ހަމަޖެހިފައިވެއެވެ. މީގެއިރުތުން، މި މިސްކިތުގެ އެތެރޭގައި އާއި ބޭރުގައި އެއްފަހަރާ 2,200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ.

މީގެ އިތުރުން އައިލެންޑަރސް އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ސުކޫލެއް އެޅުމުގެ މަސައްކަތް ކުރުމަށާއި ހުޅުމާލެގައި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ގާއިމްކުރުމަށް ހަމަޖެހިފައިވާ ޕްރިމިއަމް ވިލާގެ އެއްބަސްވުމުގައިވެސް މިއަދު އެޗްޑީސީން ވަނީ ސޮއެކޮށްފައި އެވެ.

ރިއެކްޝަންސް
0
1
0
0
0
0
0