މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

13 ނޮވެމްބަރ 2022 - 16:58

އައްޑޫސިޓީ ކައުންސިލް އާއި ކެއަރ ސޮސައިޓީއާ އެކު ބޭއްވި “ޕަވާ ޓު ޕާރސުއޭޑް” ޕްރޮގްރާމް

މިބައްދަލުވުމަކީ ކެއަރ ސޮސައިޓީގެ ފަރާތުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޕަވާ ޓު ޕާރސުއޭޑް” ޕްރޮޖެކްޓް އާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.

advertisement

ރައީސް އަދި މެޑަމް ފަޒްނާ ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ އަށް ޒިޔާރަތްކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްޓެލްކޯގައި އަލަށް ހުޅުވާފައިވާ “ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ” އަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި ޗައިލްޑްކެއަރ ސެންޓަރ ބައްލަވާލައްވައިފިއެވެ.

މާލޭ ސަރަޙައްދުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ އެޑިޔުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފި

މި ބައްދަލުކުރެއްވުމުގައި ސްކޫލުތަކުގެ ކިޔެވުން ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެކަންކަން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. .

ޗައިނާ މޯލްޑިވްސް ޑިޕްލޮމެޓިކް ރިލޭޝަންސްގެ 50ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އާޓް އެންޑް ފޮޓޯގްތަފީ މައުރަޒެއް ހުޅުވާލައިފި

މި މައުރަޒު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އާޓް ކަލްޗަރ ހެރިޓޭޖް، އެމްބެސެޑަރ އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ, ސީއެމްސީއޭގެ ފައުންޑަރާއި މިނިސްޓަރ ޔުމްނާއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4 ޕަބްލިކް ސުކޫލާއި 2 މިސްކިތް އަޅަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4 ޕަބްލިކް ސުކޫލާއި 2 މިސްކިތް އެޅުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.  ހަތަރު ޕަބްލިކް ސްކޫލެއް އެޅުމަށް ސޮއެ ކުރެވުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެކު އަދި މިސްކިތް އެޅުމަށް ސޮއެ ކުރެވުނީ ސަންފްރަންޓް އަދި ވެލިގާ ހާޑްވެއާ އާއި އެކު އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0