ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑުނުތާ 3 ގަޑި ފަހުން އަލުން ކަރަންޓު ލިބިއްޖެ
15 ނޮވެމްބަރ 2022 - 15:18
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަރަންޓު ފޯރުކޮށް ދިނުމަށް އަޅާފައިވާ މައި ކޭބަލް ބުރިވެ ހިޔާ ފްލެޓުގެ ހުރިހާ އިމާރާތަކުން ކަރަންޓު ކެނޑުމަށް ފަހު މިހާރު އެ ފްލެޓުތަކަށް ކަރަންޓު ފޯރުކޮށްދީފިއެވެ.
ހުޅުމާލޭގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައިވަނީ، އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮނުމުގެ ތެރޭގެއްލުންލިބުމުގެ ސަބަބުން. އެކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. pic.twitter.com/Xpf3gx2bcH
— STELCO (@STELCOMALDIVES) November 15, 2022
ފްލެޓް ތަކުން ކަރަންޓު ކެނޑިފައިވަނީ މިއަދު ހެނދުނު 11:30 ގަ އެވެ.
ސްޓެލްކޯއިން މައުލޫމާތު ދެއްވި ގޮތުގައި އެ ޓަވަރުތަކުގެ ކޭބަލަކަށް ގެއްލުންވެފައި ވަނީ އިމާރާތްކުރުމުގެ މަސައްކަތަކަށް ތަނެއް ކޮނުމުގެ ތެރޭގައި ކަމަށާއި އެ ކޭބަލް މަރާމާތު ކުރުމަށް ގިނަ އިރު ނަގާނެ ކަމަށެވެ.
މައްސަލަ ހައްލުކޮށް މިހާރު ވަނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދެވިފައި. ދިމާވި ދަތިތަކަށް މާފަށް އެދެން. ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވަން.— STELCO (@STELCOMALDIVES) November 15, 2022
ނަމަވެސް އެ ކޭބަލް އައިސޮލޭޓް ކޮށް، އެހެން ކޭބަލެއް މެދުވެރިކޮށް ސްޓެލްކޯ އިން ވަނީ ދެގަޑިއެއްހާއިރުތެރޭ ފްލެޓުތަކަށް އަލުން ކަރަންޓު ފޯރުކޮށްދީފައެވެ.