މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
15 ނޮވެމްބަރ 2022 - 16:31
ނުކުޅެދުންތެރިކަން ހުރި މީހުންނާއި ކުޑަކުދިންނާއި ގުޅުންހުރި 23 އިދާރާއާކާ އެކު ރިވެލި ފޯރަމް 2022 ފަށައިފި
މިނިސްޓަރގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުރި މީހުންނާއި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތައް ފަހިކުރުމާއި، އެފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމާއި، އެފަރާތްތަކަށް ބޭނުންވާ ތަޢުލީމާއި ތަމްރީން ،
1/2 pic.twitter.com/xH6JWYXjXH— Ministry of Gender, Family and Social Services (@MoGFSSmv) November 15, 2022
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުރި މީހުންނާއި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތައް ފަހިކުރުމާއި، އެފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމާއި، އެފަރާތްތަކަށް ބޭނުންވާ ތަޢުލީމާއި ތަމްރީން, އަދި އެހެނިހެން ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ފޯރުކޮށް ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މިނިސްޓްރީގެ އިސްވެރިން މ. ރަތްމަންދޫ ކައުންސިލާއި ބައްދަލުކުރައްވައިފި
މިނިސްޓްރީގެ އިސްވެރިން މ. ރަތްމަންދޫ ކައުންސިލާއި ބައްދަލުކުރައްވައި އެރަށުގެ ކުނީގެ މައްސަލަތަކާއި ރަށްގިރުމުގެ ކަންކަމުގެ ޙާލަތު އޮޅުން ފިލުއްވައިފި. މި ބައްދަލުކުރެއްވުމުގައި އިއާދަކުރަނިވި ހަކަތައާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވިއެވެ.
މިނިސްޓަރ އަކްރަމް ކަމާލުއްދީން ހއ. އިހަވަންދޫ ކައުންސިލާ ބައްދަލު ކުރައްވައިފި
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ. ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ހއ. އިހަވަންދޫ ކައުންސިލާ ބައްދަލު ކުރައްވައި އެރަށުގައި މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. pic.twitter.com/hhKlX9fiIH— Min.of National Planning, Housing & Infrastructure (@MoNPHImv) November 15, 2022
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ. ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ހއ. އިހަވަންދޫ ކައުންސިލާ ބައްދަލު ކުރައްވައި އެރަށުގައި މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވިއެވެ..
ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލެވޭނެ ފުރުޞަތު ސަރުކާރުން ނޫވިލު ސީޕްލޭން ޓަރމިނަލްގައި ފަހިކޮށްދީފި
މިގޮތުން ނެޝެނަލް ސެންޓަރ ފޮރ ދި އާރޓްސްއިން އިންތިޒާމުކޮށްގެން ސީ ޕްލޭން ޓަރމިނަލްގައި އާޓިސްޓުންގެ ހުނަރު ދައްކާލުމަށް މިހާރު ކުރިޔަށްގެންދާ އެގްޒިބިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ބައްލަވާލައްވައިފައެވެ.
ދ. މީދޫގައި މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ސިސްޓަމުތައް ހަވާލުކުރެއްވުން
ދ. މީދޫގައި މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ހައިޑްރޮޕޯނިކްސް ޕްރޮގްރާމްގެ ތެރެއިން.
މި ޕްރޮގްރާމްގެ ދަށުން މީދޫގެ 10 ފަރާތަކަށް ވަނީ ހައިޑްރޮޕޯނިކްސް ސިސްޓަމް ހަވާލުކޮށްފައި. pic.twitter.com/19qgmfTQZT— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) November 15, 2022
ދ. މީދޫގައި މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ހައިޑްރޮޕޯނިކްސް މީދޫގެ 10 ފަރާތަކަށް ވަނީ ހައިޑްރޮޕޯނިކްސް ސިސްޓަމް ހަވާލުކޮށްފިއެވެ..