މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
20 ނޮވެމްބަރ 2022 - 16:32
އެޑިޔުކޭޝަން މިނިސްޓަރ ނ. ކެނދިކުޅުދޫ ސްކޫލަށް ޒިޔާރަތްކުރައްވައިފި
ނ. ކެނދިކުޅުދޫ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ @aisthly މިއަދު އެ ސްކޫލުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވުން. މި ބައްދަލުވުމުގައި އެ ރަށު ސްކޫލަށް ދިމާވެފައިވާ ދަތިތައް ޙިއްޞާކޮށް، އެ ކަންކަން ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. pic.twitter.com/JoIhMxHutt— Ministry of Education (@MoEdumv) November 20, 2022
ނ. ކެނދިކުޅުދޫ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރ އައިޝަތު އަލީ އެ ސްކޫލުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެ ރަށު ސްކޫލަށް ދިމާވެފައިވާ ދަތިތައް ޙިއްޞާކޮށް، އެ ކަންކަން ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ޒިންމާ ގެ ނަމުގައި ވިލުފުށީގައި ސެޝަނެއް ކުރިއަށް ގެންގޮސްފި
ވިލުފުށީ ސުކޫލް ގެ ގްރޭޑް 5،6،7 ގެ މުދައްރިސުންނާއި ބެލެނިވެރިންނަށް ހައްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނަކައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންގައި ޒިންމާދާރު ބެލެނިވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކާއި ދަރިންގެ އުޅުން ރަނގަޅު ކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭޝިއާ ސަރަހައްދުގެ ޑައިވް ބްރޭންޑްގެ ވަރޝަނެއް ރާއްޖޭގައި ބާއްވަނީ
ADEX Maldives to be held in conjunction with Maldives Marine Expo 2023 :
Asia’s Leading Scuba Diving Exhibition Brand “ @AsiaDiveExpo -Adex” is scheduled to have a Maldives edition from 15th – 18th March 2023 at Central Park, Hulhumale. #MarineExpo2023 #NBAM #maldives #tourismmv pic.twitter.com/byMPMhf4pf— National Boating Association of Maldives (@boating_mv) November 20, 2022
ރާއްޖޭގައި ބާއްވާ ފުރަތަމަ “އެޑެކްސް މޯލްޑިވްސް” އެކްސްޕޯ އޮންނާނީ އަންނަ އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯއާއިއެކު މާރޗް މަހުގެ 15 އިން 18 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ނ.މަނަދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ނ.މަނަދޫގެ އާއްމު ރައްޔިތުންނަށް އަމާޒުކޮށްގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓުން ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. ނ.މަނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެދިލެއްވުމަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގެ 35 ފަރާތެއް ބައިވެރިވިއެވެ.
އެންޑީއޭގެ ސީއީއޯ ގުޅީފަޅުގައި ހުރި މަރުކަޒަށް މިއަދު ވަޑައިގަންނަވައިފި
އެންޑީއޭގެ ސީއީއޯ @imadsolih ގުޅީފަޅުގައި ހުރި މަރުކަޒަށް މިއަދު ވަޑައިގަންނަވައިފި. ކްލަޔަންޓުންނާ ބައްދަލު ކުރައްވާ އެބޭފުޅުންގެ ޝަކުވާ އަޑުއައްސަވާ، ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ގުޅިގެން ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި. pic.twitter.com/09HXQ7vqLp— National Drug Agency (@NDA_MV) November 20, 2022
އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު ގުޅީފަޅުގައި ހުރި މަރުކަޒަށް މިއަދު ވަޑައިގަންނަވައިފިއެވެ. ކްލަޔަންޓުންނާ ބައްދަލު ކުރައްވާ އެބޭފުޅުންގެ ޝަކުވާ އަޑުއައްސަވާ، ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ގުޅިގެން ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ..