މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

26 ނޮވެމްބަރ 2022 - 19:26

ރާއްޖެއާއި ޖަޕާނުގެ ގުޅުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ފެސްޓިވަލް އެއް ބާއްވައިފި

ރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 55 އަހަރު ފުރުން ފާހަގަކުރުމަށް “ޖަޕާން މޯލްޑިވްސް ފެސްޓިވަލް” ބާންވައިފިއެވެ. މި ފެސްޓިވަލް ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު 4:00 އިން 22:00 އަށެވެ.

advertisement

ޅ. އަތޮޅުގައި އާރްޓީއެލްގެ ދަތުރުތައް މުއްދަތު އިތުރުކޮށްފި

ޅ އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް ގެ ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ކުރިޔަށް ދާ” އަހުލުވެރި ކަމުގެ ދަތުރު “ ގެ މުއްދަތު އިތުރުކޮށްފިއެވެ. މި ދަތުރުތަކުން އެ ކުންފުނިން އިތުރު އަގެއް ނުނަގާނެއެވެ.

ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން އެއްވެސް އަގަކާ ނުލާ ވަނުމުގެ ފުރުސަތު ހުޅުވާލައިވި

މިއަދު ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން ހިލޭ ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަދި އެއްވެސް އަގަކާ ނުލާ ވަނުމުގެ ފުރުސަތާ ގުޅިގެން ގިނަ ބަޔަކު ދަނީ ޒިޔާރަތް ކުރަމުންނެވެ.

ރައީސްގެ ހާއްސަ ސިޓީފުޅަކާ އެކު ޝާހިދު ޔޫއޭއީއަށް ވަޑައިގެންފި

ރައީސް ސޯލިހުގެ ސިޓީފުޅަކާ އެއްކޮށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ޔުއޭއީއަށް ވަޑައިގެންފިއެވެ. ޝާހިދު ޔޫއޭއީއަން ވަޑައިގަތީ ރައީސް ސޯލިހުގެ މަންދޫބެއްގެ ގޮތުން އެ މަނިކުފާނުގެ ސިޓީފުޅެއް އެ ގައުމުގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ހަވާލު ކުރެއްވުމަށެވެ.

ޑިފެންސް މިނިސްޓަރ، އައްޑޫ ސިޓީ ޕޮލިސް އެކެޑެމީއަށް ޒިޔާރަތްކުރައްވައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް އެކެޑެމީއަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި، އެ އެކެޑެމީގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެތަން ބައްލަވާލެއްވުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ރޭވިފައި ހުރިގޮތާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ. އަދި މީގެ އިތުރުން އެކަމަނާ ވަނީ އެ އެކެޑެމީގައި އޮންނަ މެހުމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0