ވިނަރެސް’ ހައުސިންގ މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮއްފި

27 ނޮވެމްބަރ 2022 - 14:27

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ‘ވިނަރެސް’ ހައުސިންގ މަޝްރޫއިން އެޕާރޓްމަންޓް ގަތުމަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުރައްހަމަވެފައިވާ ފަރާތްތަކާއި ޝަތުރުހަމަނުވާ ފަރާތްތަކުގެ މައުލޫމާތު އެޗްޑީސީ އިން އާންމުކޮއްދިއެވެ.

މި ވަގުތީ ލިސްޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަށް ބަލާ އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓެކެވެ. އަދި މިހާރު ލިސްޓާއި މެދު ހުރި ޝަކުވާތައް ހުށަހެޅުމަށް 29 ނޮވެމްބަރު 2022 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓް ހަވާލު ކުރުމަށް ދެން ކުރެވިގެން ދާނެ މަސައްކަތަކީ އެޗް.ޑީ.ސީގެ ފައިނޭންޝަލް އިވެލުއޭޝަންގެ މަސައްކަތްތަކަވެ. މިގޮތުން ޝަރުތުތައް ހަމަވި ފަރާތްތަކަށް އެޗް.ޑީ.ސީގެ ފައިނޭންޝަލް އިވެލުއޭޝަންއާ ބެހޭ މަޢުލޫމާތު ދިނުމުގެ ގޮތުން އޯޕަން ޑޭ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އޯޕަންޑޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 6 ޑިސެމްބަރު 2022 ވަނަ ދުވަހުން 12 ޑިސެމްބަރު 2022 އަށެވެ.

advertisement

އެޗްޑީސީއިން މިކަމާއި ގުޅޭގޮތުން ފޯނުގެ ޒަރިއްޔާއިން ގުޅާނީ ހަމައެކަނި 3353535 ނަންބަރުންކަމަށް އަދި އީމެއިލް ކުރާނީ residential@hdc.com.mv  އިން ކަމަށް  މައުލޫމާތު ދެއެވެ.  އަދި ވިނަރެސް ހައުސިންގ މަޝްރޫއާއި ބެހޭގޮތުން އެއްވެސް ފަރާތަކާއި އެސް.އެމް.އެސްގެ ޒަރިއްޔާއިން މުއާމަލާތު ނުކުރާނެކަމަށް އެޗްޑީސީއިން ބުނެއެވެ.

ލިސްޓް: https://hdc.com.mv/app/files//2022/11/Vinares-Housing-Project-VagutheeList_15-years-living-in-Male.pdf

https://hdc.com.mv/app/files//2022/11/Vinares-Housing-Project-VagutheeList_15-years-Registered-in-Male.pdf

ރިއެކްޝަންސް
0
0
0
0
0
0
0