މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

27 ނޮވެމްބަރ 2022 - 16:30

މަރުވެފައިވާ ވައްލަތަކެއް މާލޭ ފަޅުތެރެއިން ފެނިއްޖެ

އީޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި މާފަންނު ސްޓޭޑިއަމްއާ ދިމާލުން ފަޅުތެރެއިން މަރުފެފައިވާ 15 ވައްލަ މޫދުގައި އޮޔާދަނިކޮށް ފެނިއްގެއެވެ. އީޕީއޭ އިން ބުނެފައިވަނީ އެ ދޫނިތައް ގެންގުޅުނު  ގޮތަކުން މަރުވުމުން މޫދަށް އެއްލާލާގައިވާ ކަމަށެވެ.

advertisement

ޅ.އޮޅުވެލިފުށި ޞިއްޙީ މަރުކަޒެއް ހެދުމުގެ މަސައްކަތް ފެށުން

ޅ.އޮޅުވެލިފުށި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ޕޯރޓިކޯ ހެދުމުގެ މަސައްކަތް ފަށާނެއެވެ.  މަސައްކަތުގެ ޖުމްލަ އަގަކީ 4,956,494.38 ރުފިޔާ އަދި މި މަރުކަޒުގެ މަސައްކަތުގެ މުއްދަތު ނިމޭނީ 165 ދުވަހެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޔޫއެން މޯލްޑިވްސްގެ ފަރާތުން އަންހެނުންނައް ކުރާ އަނިޔާ ހުއްޓުވުމުގެ ކެމްޕޭނެއް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަންހެނުންނައް ކުރާ އަނިޔާ ހުއްޓުވުމުގެ ކެމްޕޭނުގެ ދަށުގައި 16 ދުވަހުގެ އެކްޓިވިޒަމް ކެމްޕެއިނެއް ފަށައިފިއެވެ. އެ ކެމްޕެއިނަކީ “އާންމު ތަންތަނުގައި ޖިންސީ ފުރައްސާރަކުރުން” ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުއެޅުމަށް ގޮވާލާ ކެމްޕޭނެކެވެ.

އެންބީއޭއެމް މެނޭޖްމަންޓްގެ މެންބަރުން ސްޓޭޓް މިނިސްޓަރު އޮފް ޓޫރިޒަމް އާއި ބައްދަލުކުރައްވައިފި

އެންބީއޭއެމް މެނޭޖްމަންޓް އެންޑް އެކްސްކޯގެ މެންބަރުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރާއި ބައްދަލުކުރައްވައިފިއެވެ. ބޭރުގެ ޔޮޓް އެންޓްރީ ރެގިއުލޭޝަން އާއި ކުރިއަށް އޮތް އާ ރެގިއުލޭޝަނާ ގުޅޭ ގޮތުން އެންބީއޭއެމް އިން ހިއްސާކުރި ކޮމެންޓްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

ވިނަރެސް ހައުސިންގ މަޝްރޫއިން ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފި

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ‘ވިނަރެސް’ ހައުސިންގ މަޝްރޫއިން އެޕާރޓްމަންޓް ގަތުމަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތައް އެޗްޑީސީއިން އާންމުކޮށްފިއެވެ. އޭގެ ތެރޭގައި ޝަރުތުރައްހަމަވެފައިވާ ފަރާތްތަކާއި ޝަތުރުހަމަނުވާ ފަރާތްތަކުގެ މައުލޫމާތު އިއުލާންކުރިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0