މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
4 ޑިސެމްބަރ 2022 - 17:06
ރެޑް ކްރެސެންޓް އިން ފުވައްމުލަކުގައި ބޭއްވި ފަސްޓް އެއިޑް ތަމްރީން ނިމިއްޖެ
We completed our Standard First Aid Training for Youth & Service Providers in Fuvahmulah City in partnership with Women’s Development Committee of Fuvahmulah City!
This training is part of an on-going project carried out by MRC with @TransparencyMV, funded by @USAIDMaldives. pic.twitter.com/cEUNFpkwMK— Maldivian Red Crescent (@maldivianrc) December 4, 2022
ފުވައްމުލަކުގެ އަންހެނުންގެ ކޮމެޓީ އާއި ގުޅިގެން އެރަށުގެ ޒުވާނުންނާއި އެކި ހިދުމަތްތައް ފޯރުކޮށްދޭ މީހުންނަށް ހާއްސަކޮށްގެން ހިންގި ފަސްޓް އެއިޑް ޓްރެއިނިން ޕްރޮގްރާމް ނިމިއްޖެއެވެ. ރެޑްކްރެސެންޓުން މި ޕްރޮގްރާމް ހިންގަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި ޔޫއެސްއެއިޑް އާއި ގުޅިގެންނެވެ.
ކުޑަހުވަދޫ އަދި ފުނަދޫ ކޯޓުގެ އާ ގާޒީން ހުވާކޮށްފި
Appointment of Magistrates to the Sh.Funadhoo and Dh.Kudahuvadhoo Magistrate Courts pic.twitter.com/rqnsncgEYl— Judicial Service Commission (@MaldivesJSC) December 4, 2022
މި ދެ ކޯޓަށް އަލަށް އައްޔަންކުރި ގާޒީން ހުވާ ކުރުން އޮތީ މިއަދު ޖޭއެސްސީގައެވެ. މިދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިންނެވެ.
ކުރިއަށް އޮތް 10 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ: މެޓް
މިއީ ހުނޅަގު މޫސުން ނިމި, އިރުވައި މޫސުމަށް އަޅައި, ދެ މޫސުން ބެދޭ ދުވަސް ވަރުއެވެ. ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިއްސާރަ ކުރަމުންދާނެ އެވެ.
އެފްއޭ އޯގެ ޓެކްނިކަލް އެހީގެ ދަށުން ފިޝަރީޒް މިނިސްޓްރީ އިން ތަމްރީން ޕްރޮގްރާމެއް ބާއްވައިފި
A three day training program on “Risk management for phytosanitay and veterinary control at the borders, export certification and surveillance” under @FAO Technical cooperation program ” pic.twitter.com/dUakEh00w0— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) December 4, 2022
މި ތަމްރީނަކީ ގަސްގަހާއި ޖަނަވާރު ކަރަންޓީނު ކުރުމާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭ ޕްރޮގްރާމެކެވެ. ކަމާއި ގުޅޭ 6 ފަރާތަކުން މި ޕްރޮގްރާމުގައި ބައިވެރިއެވެ
މަދަނީ އިޖުރާއަތު ގާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 12 ވަނަ ބުރު ބާއްވައިފި
3 ޑިސެންބަރު – 4 ޑިސެންބަރު 2022 އަށް ކުރިއަށްދާ “މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީނު ޕްރޮގްރާމުގެ 12 ވަނަ ބުރު” ފަށައިފި. (1/6) pic.twitter.com/xky5p5k3Pj— Maldives Judiciary (@judiciarymv) December 3, 2022
ރ. އުނގޫފާރުގައި ކުރިއަށްގެންދާ، މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. މިއަދުގެ ސެޝަންތަކުގައި ކުރިއަށްގެންދިޔައީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ޚުލާސާއާއި މިޤާނޫނުން އަލަށް ތަޢާރަފްކުރެވުނު ހަމަތަކާއި ބަދަލުތަކަށް ހާއްސަކޮށްގެންނެވެ.