ދިރާގުން ބީ.ވީ.އައި.އެސް.އެމް އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަންއަށް އެއްބާރުލުންދީފި

6 ޑިސެމްބަރ 2022 - 10:42

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ  މުޖުތަމަޢު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީ.ވީ.އައި.އެސް.އެމް) އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމް.ޑީ.އޭ) އަށް އިންކްލޫސިވް ކޮމިއުނިޓީ އިވެންޓްތަކެއް ބާއްވަން އެއްބާރުލުންދީފިއެވެ.

މި އިވެންޓްތަށް ކުރިއަށް ގެންގޮސްފައިވަނީ އއ. އުކުޅަހާއި ކ. ގުރައިދޫގައި މިއަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައެވެ. 

 އއ. އުކުޅަހުގައި ބީ.ވީ.އައި.އެސް.އެމް އިން ހަރަކާތްތައް ހިންގާފައިވަނީ 2 ޑިސެންބަރުގައެވެ. މިގޮތުން އެރަށުގެ ރައްޔިތުންނަށާއި ރަށުގެ އިސްވެރިންނަށް އަމާޒުކޮށްގެންވަނީ ހޭލުންތެރިކުރުމުގެ ވޯކްޝޮޕަކާއި ކުޑަކުދިންގެ ހަވީރެއްވެސް ހިމެނެއެވެ.

އެމް.ޑީ.އޭ ގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ކ. ގުރައިދޫގައި، އެ ރަށުގައި ހުންނަ ހޯމް ފޯ ޕީޕަލް ވިތް ސްޕެޝަލް ނީޑްސް (އެޗް.ޕީ.އެސް.އެން) ގެ ބައިވެރިވުމާއެކުގައެވެ. މިގޮތުން އެމް.ޑީ.އޭ އާއި އެޗް.އެސް.ޕީ.އެންގެ އިތުރުން ގުރައިދޫ ކައުންސިލާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕްތައް ވަނީ ހިންގާފައެވެ.

އަދި ޚާއްސަ ކޮމިއުނިޓީ ފެސްޓިވަލެއްވެސް ވަނީ ބާއްވައިފައެވެ. މި ހަރަކާތްތަކުގެ މަޤްސަދަކީ ނުކުޅެދިންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި އެކި ފުރުޞަތުތަށް ފަހިކޮށްދީ އެކި ހަރަކާތްތަކުގައި އެފަރާތްތައް ޝާމިލުވުމަށް މަގުފަހިކޮށްދިނުމެވެ.    

ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުންން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެކި އެންޖީއޯ ތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުންދެމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0