މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

10 ޑިސެމްބަރ 2022 - 17:13

މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީނު ޕްރޮގްރާމުގެ 13 ވަނަ ބުރު ފަށައިފި

3 އަތޮޅަކުން ޖުމްލަ 80 ބައިވެރިން ހިމެނޭ މިޕްރޮގްރާމްގެ އިފްތިތާޙްކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދުއެވެ. ސެޝަންތަކުގައި އަލިއަޅުވާލާނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ޚުލާސާއާއި މިޤާނޫނުން އަލަށް ތަޢާރަފްކުރެވުނު ހަމަތަކާއި ބަދަލުތަކާ ގުޅޭ ގޮތުންނެވެ.

advertisement

ދޯންޏެއް އަޑިއަށްދިއުމާއި ގުޅިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި

“ހައިޝަމް” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. 4 ދިވެހީންނާއެކު ދަތުރުކުރި 70 ފޫޓްގެ މި ދޯނި މިހާރު ވަނީ ށ. ބޮޑުޅައިމަންދޫ ފަރާ ކައިރިކޮށްފައެވެ.

ރާއްޖޭގައި އަލަށް ޔުނިވާސަލް އެކްސެސިބަލް ރެސްޓޯރެންޓެއް ހުޅުވައިފި

މިއީ ޑާރވިން ނަމަކަށް ކިޔާ މި ރެސްޓޯރެންޓް ހުޅުވައިދިނީ ޖެންޑާގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސެއިން އެވެ. އެތަން ހުޅުވައިދެމުން އިފްހާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހޮސްޕިޓާލިޓީ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގއ. ވިލިނގިލީ ކައުންސިލް މެމްބަރުންނާއި ހެލްތް މިނިސްޓަރ ބައްދަލުކޮށްފި

ދުނިޔޭގެ އެއިޑްސް ދުވަަސް ފާހަގަކުރުމަށް ވިލިނގިލީ ރަށު ކައުންސިލު މެއްބަރުންނާއި މިނިސްޓަރ ނަސީމް ބައްދަލު ކޮށްފިއެވެ. ބަލިތައް އަވަހަށް ދެނެގަތުމާއި ބަލިތަކުން ސަލާމަތްވެތިބުމަށް މުޖުތަމައުގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށް މިނިސްޓަ ވިދާޅުވިއެވެ.

އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ މެމްބަރަކަށް ރާއްޖެ ވެއްޖެ

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ދީފިއެވެ. ރާއްޖެއަށް މެމްބަރުކަން ދޭން ނިންމާފައިވަނީ އެންގޯލާގެ ލުއާންޑާގައި މި މަހު 9-6 އަށް އޮތް އެ ޖަމިއްޔާގެ 10 ވަނަ ސަމިޓުގައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0