ހުޅުމާލޭގައި ކޮމިއުނިޓީ ހަބް އެއް ޤާއިމު ކުރަނީ!

14 ޑިސެމްބަރ 2022 - 12:14

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ކޮމިއުނިޓީ ހަބް އެއް ޤާއިމު ކުރުމަށް އެޗްޑީސީ އާއި އަލޯހާ ކްލަބް އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހުޅުމާލޭ ބީޗް ސަރަހައްދުގައި ޤާއިމު ކުރެވޭ މި ހަބް އަކީ 406.23 އަކަ ފޫޓުގެ ބިމެއްގައި އިމާރާތް ކުރެވޭ ރައްޔިތުންނާއި ގުޅުން ހުރި ގިނަ ހަރަކާތްތަކެއް ހިންގޭނެ ތަނެކެވެ.

މިގޮތުން ކުޑަކުދިންނަށް ހާއްސަ ކޮށްގެން މޫދުގެ ހަރަކާތްތަކާއި ޒުވާނުންގެ ކުރިއެރުވުމަށް ލައިފް ސްކިލް ޕްރޮގްރާމްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ގިނަ ހަރަކާތްތަކެއް މި ހަބުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ވަކިން ހާއްސަކޮށް ތިމާވެއްޓަށް ގެއްލުންވާ ކަންކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި ޒުވާނުން އަދި ކުޑަކުދިންނަކީ ތިމާވެއްޓަށް ލޯބި ޖެހިފައި ތިބި ބަޔަކަށް ހެދުމަށް ވެސް ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

advertisement
ރިއެކްޝަންސް
0
0
0
1
0
0
0