މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
17 ޑިސެމްބަރ 2022 - 17:03
ގެވެށި ގުޅުން ކެމްޕެއިނުގެ ދަށުން ރަށްރަށުގައި ސެޝަންތަކެއް ބާއްވަނީ
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ގެވެށި އަނިޔާއާއި އާއިލީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށް އަތޮޅުތެރޭގައި ރަށްރަށުގައި ބާއްވާ ސެޝަންތައް ކުރިޔަށްގެންދާނެ ފެސިލިޓޭޓަރުން ތަމްރީނު ކުރުމުގެ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމް އައްޑޫ ސިޓީ ގައި ފަށައިފި.
1/2 pic.twitter.com/xq5c16mbk9— Ministry of Gender, Family and Social Services (@MoGFSSmv) December 17, 2022
ގެވެށި އަނިޔާއާއި އާއިލީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށް އަތޮޅުތެރޭގައި ބާއްވާ ސެޝަންތައް 2 ދުވަހުގެ ތަމްރީން ޕްރޮގްރާމް އައްޑޫ ސިޓީ ގައި ފަށައިފިއެވެ. ފުވައްމުލަކާއި، އައްޑޫ ސިޓީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ 26 މީހުން ބައިވެރިވެފައިވެއެވެ.
ޖޫޑިސަރީ ފޯ ޖޫނިއާޒްގެ 8 ދުވަހުގެ ޕްރޮގްރާމެއް ފަށައިފި
Commencing of Judiciary for Juniors, an 8 day program towards young women and men across the Maldives, who have an interest in the judicial field.@UKinMaldives @judiciarymv @UNDPMaldives pic.twitter.com/gAa78lj4ct— Judicial Service Commission (@MaldivesJSC) December 17, 2022
މި ޕްރޮގްރާމަކީ އަންހެނުންނަށާއި ފިރިހެނުންނައް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ. އަދި މީގައި ބައިވެރިވެވޭނީ ޝަރުއީ ދާއިރާގައި ޝައުގުވެރިވާ މީހުންނަށެވެ.
ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރަނީ
ފާހަގަކުރާ ހަރަކާތްތަކުގެ ތެރޭގައި ފުޓްސަލް މުބާރާތްތެއް ބޭއްވިއެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް އަދި އެޑިޔުކޭޝަން މިނިސްޓަރ ބައިވެރިވެ ވަޑައިގެންފިއެވެ.
ނައިބު ރައީސް އެޑިޔުކޭޝަން ސެންޓަރގެ ބެލެނިވެރިންނާއި ބައްދަލުކުރައްވައިފި
This morning, Vice President @FaisalNasym met with the parents of the Gn. Atoll Education Centre in Fuvahmulah City and briefed them about the administration’s education sector development plans. He also launched the Alumni of Gn. Atoll Education Centre. pic.twitter.com/0Uuyn8a5px— The President's Office (@presidencymv) December 17, 2022
މިއަދު ހެނދުނު ނައިބު ރައީސް ފައިސަލް ފުވައްމުލަކު ސިޓީގެ އެޑިޔުކޭޝަން ސެންޓަރގެ ބެލެނިވެރިންނާއި ބައްދަލުކުރެއްވިއެވެ. އަދި އެޑްމިނިސްޓްރޭޝަނުން ތައުލީމީ ދާއިރާ ތަރައްގީ ކުރުމުގެ ޕްލޭން ތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
ސްޓޭތް މިނިސްޓަރ ޑރ. ނަސީރު ކޮޕް15ގައި ބައިވެރިވެއްޖެ
“Addressing the triple planetary crisis, has become a question of our very existence, and we are calling for “components of island biodiversity conservation”, to be fully integrated into the global biodiversity framework” from SM Dr Naseer remarks at #COP15 High Level Segment pic.twitter.com/2oZ4e3SCbh— Min. of Environment, Climate Change and Technology (@MoEnvmv) December 17, 2022
ރާއްޖޭގެ ފަރާތުން ބައިވެރިވި ޑރ. ނަސީރު ވިދާޅުވީ ކުރިމަތި ވެފައި މިވާ ވެށީގެ ކްރައިސިސް އަކީ އަހަރުމެން ގެ ދިރިއުޅުމާއި މަރާއި ގުޅިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސީއައިބީސީފެ މަސައްކަތް ގްލޯބަލް ބައޯޑައިވަރސިޓީ ފްރޭމް ވަރކް ގުޅިލާމެހެން ޖެހޭ ކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ.