މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
26 ޑިސެމްބަރ 2022 - 17:30
މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމެނީ
ެއދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެ. އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ވަނީ ނިމިފައި. އައު ހާބަރ ބޭސިންއާއި ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/DPSezJl7AT— MTCC Plc (@MTCCPlc) December 26, 2022
އދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެއެވެ. މިހާރު ނިމިފައިވަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމާއި، އައު ހާބަރ ބޭސިންއާއި ނެރު ފުންކުރުމުގެ މަސައްކަތެވެ.
ރައީސް ސާލިހު ކޮޅުފުށްޓަށް ފުރާވަޑައިގެންފި
މިދަތުރުފުޅުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ ރައީސް އިފްތިތާޙްކޮށްދެއްވާނެއެވެ. އަދި ކޮޅުފުށީ ކައުންސިލާ، އ.ތ.މ ކޮމިޓީއާ ވެސް ރައީސް ބައްދަލު ކުރައްވާނެއެވެ.
ފުވައްމުލަކުގައި “ދުޅަހެޔޮ ދޮށީ އުމުރަކަށް’ ޕްރޮގްރާމް ބާއްވައިފި
ޏ. އެފް.ސީ.އެސް.ސީ، ފުވައްމުލަކު ހޮސްޕިޓަލް އަދި ފުވައްމުލަކު ޕޮލިސް ގުޅިގެން "ދުޅަހެޔޮ ދޮށީ އުމުރަކަށް" ނަމުގައި ފުވައްމުލަކު ދޮށީ އުމުރުގެ މީހުންނަށް ހިނގި ޕްރޮގްރާމްގެ ތެރިއިން. pic.twitter.com/ZWM3vOrTLr— Ministry of Gender, Family and Social Services (@MoGFSSmv) December 25, 2022
ޏ. އެފް.ސީ.އެސް.ސީ، ފުވައްމުލަކު ހޮސްޕިޓަލް އަދި ފުވައްމުލަކު ޕޮލިސް ގުޅިގެން “ދުޅަހެޔޮ ދޮށީ އުމުރަކަށް” ނަމުގައި ޕްރޮގްރާމްއެއް ބާއްވައިފިއެވެ. މި ޕްރޮގްރާމަކީ ފުވައްމުލަކު ދޮށީ އުމުރުގެ މީހުންނަށް ހިނގި ޕްރޮގްރާމެކެވެ.
ކޮޅިގަނޑު ރާއްޖެ ހުރަސްކުރަނީ
News bulletin. pic.twitter.com/bYHikY08HF— Maldives Meteorology (@MetMaldives) December 26, 2022
ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑުން މިރެއާއި މާދަމާ އުތުރުގެ ރަށްތަކަށް ވިލާގަނޑުގައި ވައިގަދަވެ ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއެވެ. ބޭ އޮފް ބެންގޯލުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު އިއްޔެ ވަނީ ސްރީލަންކާ ހުރަސްކޮށްފައެވެ.
އާކް އެންޖީއޯ އާއި އެޑިއުކޭޝަން މިނިސްޓްރީއިން ފޮތް ކިޔުމުގެ ޝެޝަނެއް ބާއްވައިފި
News bulletin. pic.twitter.com/bYHikY08HF— Maldives Meteorology (@MetMaldives) December 26, 2022
ރީޑިންގް ރޫމްގެ ފަރާތުން “ބޮސް އޮފް މައި ބޮޑީ” ކިޔާ ފޮތް ކިޔުމުގެ ޝެޝަނެއް ބާއްވައިފިއެވެ. މި ޝެޝަން ނިއްމާލީ ހދ. ހަނިމާދޫގެ ގޮރޭޑް 1ގެ ކިޔަވާ ކުދިންނާއި އެކީގެއެވެ.