މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

29 ޑިސެމްބަރ 2022 - 16:49

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމެނީ

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72 ޕަސެންޓް ނިމިއްޖެއެވެ. އަދި ތާރު އެޅުމުގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ނިމިފައެވެ.

advertisement

ލ.ގަން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެވޯޑު ކޮށްފި

ލ.ގަމުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯރޕަރޭޝަން އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު 104,040,237.65 ރުފިޔާގެ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުތުކޮށްފައެވެ. 

ނ.ޅޮހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

ނ.ޅޮހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮޕްމެނީ އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު 68,768,938.82 ރުފިޔާއަށް ހަވާލުކޮށްފައިވަނީ 640 ދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުތުކޮށްފައެވެ. 

ތ. ލ. އަދި މ އަތޮޅުގެ ރަށްރަށުގައި ކުންޏާއި ވަސީލަތް މެނޭޖު ކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ތ.ކިނބިދޫ، ލ.ދަނބިދޫ އަދި މ.މުލަކުގެ ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒެއް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ ލައިކޯ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. 

އިންޖީނު ހުއްޓުނު ދޯންޏަކަށް ކޯސްޓްގާޑުން އެހީވެއްޖެ. 

ހދ.ވައިކަރަމުރައިދޫ ފަރަށް އެރި ދޯންޏަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. 3 މީހުންނާއެކު ދަތުރުކުރި މި ދޯނި ފަރަށް އެރިކަމުގެ ރިޕޯޓް އެމްއާރުސީސީ އަށް ލިބުނީ ރޭ (ޑިސެންބަރު 28 ވަނަ ދުވަހުގެރޭ) 23:32 ހާއިރުއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0