މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
2 ޖެނުއަރީ 2023 - 18:27
ސްކައުޓުންނާއި އެޑިއުކޭޝަން މިނިސްޓަރ ބައްދަލު ކޮށްފި
އިންޑިއާގެ "ބާރަތް ސްކައުޓްސް އެންޑް ގައިޑްސް"އިން އިންތިޒާމުކޮށްގެން ބާއްވާ އިންޑިއާގެ 18 ވަނަ ޤައުމީ ޖަމްބޮރީގައި ބައިވެރިވާ ދިވެހިރާއްޖޭގެ ސްކައުޓުންނާ މިނިސްޓަރ @aisthly ބައްދަލުކުރެއްވުން. (1/2) pic.twitter.com/DHYYP5luMH— Ministry of Education (@MoEdumv) January 2, 2023
އިންޑިއާގެ “ބާރަތް ސްކައުޓްސް އެންޑް ގައިޑްސް”އިން ބާއްވާ އެގައުމުގެ 18 ވަނަ ޤައުމީ ޖަމްބޮރީގައި ބައިވެރިވާ ދިވެހިރާއްޖޭގެ ސްކައުޓުންނާ އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކޮށްފި އެވެ. މި ޖަމްބޮރީގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން 106 މެންބަރުންގެ ކޮންޓިންޖެންޓެއް ބައިވެރިވާނެ އެވެ.
ހުޅުމާލޭގައި ހަދާ ސަރުކާރުގެ އޮފީސް އިމާރާތް މި މަހު ހުޅުވަނީ
ހުޅުމާލޭގައި ހަދަމުން އަންނަ ސަރުކާރުގެ އޮފީސް އިމާރާތް މި މަހު 15 ގައި ހުޅުވަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ. އަމިއްލަ ފަރާތްތަކަށް ކުލި ދޭގޮތަށް ކުއްޔަށް ނަގައިގެން ހިންގާ ސަރުކާރުގެ ގިނަ އޮފީސް ތައް މި އިމާރާތަށް ބަދަލުކުރުމަށް ހަމަޖައްސާފައިވެއެވެ.
ކޮވިޑުގެ ކުރީގެ ހާލަތަށް އިގްތިސާދު ގެނެވިއްޖެ: އަމީރު
2022 ވަނަ އަހަރަށް ލަފާކުރި 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އައި ކަމަށާއި، މިއަހަރު އެ އަދަދު 1.8 މިލިއަނަށް އަރާނެކަމަށް ސަރުކާރުން ލަފާކުރެ ވެއެވެ.
ކޮވިޑަށްފަހު ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން ދަނީ ކުރިން ލަފާކުރި ވަރަށް ވުރެ ހަލުވިކޮށް ކަމަށް ދުނިޔޭގެ މާލީ ބައެއް އިދާރާތަކުން ވެސް މީގެކުރިން ބުނެފައިވެއެވެ.
ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއަށް 1000 ލީޓަރު ކަޅުތެޔޮ އެޅިއްޖެ: އެމްއެންޑީއެފް
އިންޑިއާގެ "ބާރަތް ސްކައުޓްސް އެންޑް ގައިޑްސް"އިން އިންތިޒާމުކޮށްގެން ބާއްވާ އިންޑިއާގެ 18 ވަނަ ޤައުމީ ޖަމްބޮރީގައި ބައިވެރިވާ ދިވެހިރާއްޖޭގެ ސްކައުޓުންނާ މިނިސްޓަރ @aisthly ބައްދަލުކުރެއްވުން. (1/2) pic.twitter.com/DHYYP5luMH— Ministry of Education (@MoEdumv) January 2, 2023
ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއަށް އެޅިފައިވާ ގިނަ ޢަދަދެއްގެ ކަޅުތެޔޮ ނެގުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަން ފަށައިފިއެވެ. 1000 ލީޓަރުގެ ތެޔޮ އެޅިފައިވާކަމަށް ލަފާ ކުރެވޭ މި ސަރަހައްދުން މިހާތަނަށް 400 ލީޓަރުގެ ތެޔޮ ވަނީ ނެގިފައި.
ށ.ފީވަކު ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އަދި ވަށާފާރުގެ މަސައްކަތް ހަވާލުކޮށޮފި
އިންޑިއާގެ "ބާރަތް ސްކައުޓްސް އެންޑް ގައިޑްސް"އިން އިންތިޒާމުކޮށްގެން ބާއްވާ އިންޑިއާގެ 18 ވަނަ ޤައުމީ ޖަމްބޮރީގައި ބައިވެރިވާ ދިވެހިރާއްޖޭގެ ސްކައުޓުންނާ މިނިސްޓަރ @aisthly ބައްދަލުކުރެއްވުން. (1/2) pic.twitter.com/DHYYP5luMH— Ministry of Education (@MoEdumv) January 2, 2023
ށ.ފީވަކު ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އަދި ވަށާފާރުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި އެެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށް، 14,790,555.76ރ އަށް، ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.