އަންހެނުންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ ޕްރެކްޓިސް ޕާލަމަންޓް ޕްރޮގްރާމްއަށް ހުށައެޅުމަށް ހުޅުވާލައިފި
10 ޖެނުއަރީ 2023 - 10:25
25 އަހަރުން މަތީގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރެކްޓިސް ޕާލަމަންޓް ޕްރޮގްރާމަށް 22 ޖެނުއަރީގެ ކުރިން ނަން ހުށައެޅޭނެ ކަމަށް ޔޫ.އެން.ޑީ.ޕީން މައުލޫމާތުދީފި އެވެ.
އަންހެނުންނަށް ހާއްސަކުރެވިފައިވާ #ޕްރެކްޓިސްޕާލަމަންޓް ޕްރޮގްރާމުގައި ބައިވެރިވުމަށް 22 ޖެނުއަރީގެ ކުރިން ފުރިހަމަ ނަން، އައިޑީކާޑް ނަމްބަރު، ދިރިއުޅުއްވާ ރަށް އަދި ބައިވެރިވާން ބޭނުންވާ ބެޗް 9397651 އަށް ފޮނުއްވާ!🔗https://t.co/07VrWEpLxs@mvpeoplesmajlis @AusHCSriLanka pic.twitter.com/bS2kqBBtNk
— UNDP Maldives (@UNDPMaldives) January 9, 2023
މިއީ ރައްޔިތުންގެ މަޖިލީހުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް 9397651 އަށް ނަމާއި، އުމުރާއި، އައިޑީކާޑު ނަންބަރު އަދި ދިރިއުޅޭ ރަށް ފޮނުވަންޖެހެއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗް ކުރިއަށްދާނީ ފެބްރުއަރީ 12 އިން 18 އަށެވެ. އަދި ދެވަނަ ބެޗް ކުރިއަށް ދާނީ ފެބްރުއަރީ 26 އިން މާރިޗު 4 އަށެވެ.