މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
10 ޖެނުއަރީ 2023 - 16:58
ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ
ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް ޢިމާރާތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އެމަސައްކަތަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. މިމަސައްކަތަށް ސަރުކާރުން ވަނީ 9.2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައިއެވެ.
އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތުގެ އާމްދަނީއަށް 143 މިލިއަން ރުފިޔާ ލިބިއްޖެ
އަހަރުގެ ފުރަތަމަ ހަފްތާގައި އާމްދަނީގެ ގޮތުގައި މީރާއިން 143 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގަނެފިއެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިސްޓު ރިޒޯޓު ކުލީގެ ގޮތުގައެވެ.
ލޮލު ރޯގާ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި
ލޮލުރޯގާ ފެތުރޭ މިންވަރު ދަނީ އިތުރުވަމުން، ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު. pic.twitter.com/4prYsor1dr— Health Protection Agency (@HPA_MV) January 10, 2023
މިދުވަސްވަރު ރާއްޖޭގައި ލޮލު ރޯގާ ފެތުރޭ މިންވަރު އިތުރުވަމުން އަންނަކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ލޯ ހިރުވުމާއި ، ލޮލޮން ފެން އައުމާއި، ލޯ ރަތްވުން، ލޮލުގައި މަޑުލުން ހިމެނެއެވެ.
މަޖިލިސް މެމްބަރުން ވީއައިޕީ ލައުންޖް ހަރަދަށް ތިން ލައްކަ ރުފިޔާ
މިދިޔަ 4 މަސްތެރޭގައި މެމްބަރުން އެއާޕޯޓުގެ “މާމަހި ލައުންޖް” ބޭނުން ކުރުމުގެ ހަރަދަކީ 394،639.90 ރުފިޔާ އެވެ. 2018 އިން 2020 އަށް މި ލައުންޖް ބޭނުންކުރުމުގެ ހަރަދުގެ ގޮތުގައި 3.6 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރި އެވެ.
ތަކެންދޫ ފެނާއި ނަރުދަމާގެ ނިޒާމްގެ މަސައްކަތް
HA. Thakandhoo Water & Sewerage Project: Water & sewerage network pipe-laying works, house connection works, tank foundation and pump station works are in progress.#MWSCAsaasee#TeamMWSC pic.twitter.com/Ooi1eTHP6f— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 10, 2023
ހއ. ތަކެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ. އޭގެތެރޭގައި ގޭގެއަށް ހޮޅި ގުޅުވުމުގެ މަސައްކަތާއި ޓޭންކް ފައުންޑޭޝަން އަދި ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައް ހިމެނޭ އެވެ.