މާލޭގެ ބަސް ޓިކެޓު ގަތުމަށް މިހާރު މާސްޓަރ ކާޑު އަދި ވިސާ ކާޑުތައް ބޭނުންކުރެވޭނެ
10 ޖެނުއަރީ 2023 - 16:52
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް ބޭނުންކުރައްވާ ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ބޭންކް އޮފް މޯލްޑިވްސްއާއި މާސްޓަރކާޑާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ކޮންޓެކްޓްލެސް މާސްޓަރކާރޑް އާއި ވިސާ ބްރޭންޑުގެ ޑެ ބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް އާރް.ޓީ.އެލް މާލެ ސިޓީ ބަހުގެ ޚިދުމަތަށް ފައިސާ ދެއްކޭނެ އިންތިޒާމް މިއަދުން ފެށިގެން ވަނީ ހަމަޖެހިފައެވެ.
އެގޮތުން ދުނިޔޭގެ ކޮންމެ ބޭންކެއްގެވެސް ކޮންޓެކްޓްލެސް މާސްޓަރކާރޑް ނުވަތަ ވިސާ ބްރޭންޑުގެ ޑެ ިބޓް ނުވަތަ ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ އާރް.ޓީ.އެލް ަބހުގެ ޚިދުމަތަށް ޓެޕް އެންޑް ޕޭ މެތަޑުން މިހާރު ފައިސާ ދެއްކޭނެއެވެ.
މާސްޓަރކާރޑް އަދި ވިސާ ްބރޭންޑުގެ ކޮންޓެކްޓްލެސް ކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކުމަށް ޭބނުނުންވާ ވެލިޑޭޓަރ މާލެ ސިޓީގެ ހުރިހާ އާރް.ޓީ.އެލް ަބހެއްގައިވެސް ހަރުކުރެވިފައި ހުންނާނެއެވެ.
އާރް.ޓީ.އެލް ަބހުގެ ޚިދުމަތަށް ފައިސާ ދެއްކުމަށް އިސްވެ ދެންނެވުނު ާބވަތުގެ ކޮންޓެކްޓްލެސް ކާޑު، ަބހުގައި ހަރުކުރެވިފައިވާ ވެލިޑޭޓަރގެ ސްކޭނަރގައި ޓެޕްކޮށްލުމުން ނުވަތަ ޖައްސާލުމުން ވަގުތުން ފައިސާ ދެއްކޭނެއެވެ. އާރް.ޓީ.އެލް ަބހުގެ ޚިދުމަތް ޭބނުންކުރަށްވާ ދަތުރުވެރިންގެ ފަސޭހައަށް އިތުރު މިކުރެވުނު ފައިސާދެއްކޭނެ އިންތިޒާމާއިއެކު، ތިރީގައި ަބޔާންކޮށްފައިވާ 3 ގޮތަށް ަބހުގެ ޓިކެޓަށް ފައިސާ މިހާރު ދެއްކޭނެއެވެ.
- ނަގުދުކޮށް ފައިސާ ދެއްކުން (ކަރުދާސް ޓިކެޓް): ނަގުދު ފައިސާ ޭބނުންކޮށްގެން ސީދާ ަބހުން ކަރުދާސް ޓިކެޓެއް ގަތުން؛ (މި ޚިދުމަތް ލި ޭބނީ މާލެ ަބސް R12, R11, R10 އަދި އައްޑޫސިޓީ، ފުވައްމުލައް ސިޓީ، ލާމު – ގަން، ފޮނަދޫ، އިސްދޫ އަދި ކަލައިދޫ)
- އޮންލައިންކޮށް ފައިސާ ދެއްކުން (ކިޔު.އާރް ޓިކެޓް): އާރް.ޓީ.އެލް ޓްރެވަލް އެޕް ނުވަތަ ވެ ްބސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކިޔު.އާރް ޓިކެޓެއް ގަތުން؛ (ހުރިހާ އާރްޓީއެލް ަބހާއި އަދި ފެރީގެ ޚިދުމަތަށް ޭބނުންކުރެވޭނެ)
- ޓެޕް ޓު ޕޭ (ޓިކެޓްލެސް): މާސްޓަރކާރޑް އަދި ވިސާ ްބރޭންޑުގެ ކޮންޓެކްޓްލެސް ޑެ ިބޓް ނުވަތަ ކްރެޑިޓް ކާޑެއް މެދުވެރިކޮށް ޓެޕް ޓު ޕޭ އުޞޫލުން ފައިސާ ދެއްކުން. މިއީ ޓިކެޓްލެސް ޚިދުމަތެއް ކަމުން، މިގޮތަށް ޓިކެޓަށް ފައިސާ ދައްކަވާ ފަރާތްތަކަށް ޓިކެޓެއް ދުލެއް ނުކުރާނެއެވެ. (މި ޚިދުމަތް މިވަގުތު ލި ޭބނީ މާލެ ސިޓީގެ ބަސްތަކަށް)
އަލަށް ތައާރަފުކުރާ އިސްވެދެންނެވުނު ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިޒާމަކީ މިވަގުތަށް ހަމައެކަނި އާރް.ޓީ.އެލް މާލެ ސިޓީގެ ބަހުގެ ޚިދުމަތަށް އިތުރުކުރެވުނު ޚިދުމަތެކެވެ.
އެހެން ނަމަވެސް އަވަސް މުސްތަޤު ބަލެއްގައި އެހެނިހެން އަތޮޅުތަކުގައި ދެމުން އަންނަ އާރް.ޓީއެލް ބަހުގެ ޚިދުމަތަށްވެސް ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންހުރި މަސައްކަތް ކުރަމުން އަންނަކަން ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
އާރް.ޓީ.އެލް ބަހުގެ ޚިދުމަތް 65 އަހަރުން މަތީގެ އިސްރަށްވެހިންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައި.ޑީ. ކާޑު ދެއްކެވުމުން ހިލޭ ލި ބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން، ޔުނިފޯރމްގައި ތި ޭބ ސްކޫލް ކުދިންނަށްވެސް ހިލޭ ދަތުރު ކުރެވޭނެއެވެ.
މި ފުރުޞަތުގައި ކޮންޓެކްޓެލެސް މާސްޓަރކާރޑް އަދި ވިސާ ްބރޭންޑުގެ ޑެ ިބޓް ނުވަތަ ކްރެޑިޓް ކާޑެއް މެދުވެރިކޮށް އާރް.ޓީ.އެލް ބަހުގެޚިދުމަތުގައިކޮންޓެކްޓްލެސްކޮށްޓިކެޓަށްފައިސާދެއްކޭނެއިންތިޒާމްހަމަޖެއްސުމަށްޓަކައި، ބޭންކްއޮފްމޯލްޑިވްސް އާއި މާސްޓަރކާޑުން ކޮށްދެއްވި އަގުހުރި މަސައްކަތް ފާހަގަކޮށް، ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވަމެވެ.
ޑިޖިޓަލްބޭންކިންގ ކުރިއަރާފައިވާ މި ޒަމާނުގައި، ދިވެހިރާއްޖޭގެ އާބދީގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކޮންޓެކްޓްލެސް މާސްޓަރކާރޑްނުވަތަވިސާ ްބރޭންޑުޑެިބޓްނުވަތަކްރެޑިޓްކާޑަށް ަބދަލުވަމުންނެވެ.ވީމާ،މިތަޢާރަފުކުރެވުނުޕޭމަންޓް މެތަޑްގެ ސަބަބުން އާރް.ޓީ.އެލް ަބހުގެ ޚިދުމަތް ހޯދުމަށް އެތަކެއް ލުއިފަސޭހަތަކެއް ކަސްޓަމަރުންނަށް ލި ބޭނެކަމަށް އުންމީދުކުރަމެވެ.
އާރް.ޓީ.އެލް. ޙިދުމަތުގެ ޝެޑިއުލް އަދި ރޫޓް މެޕް އާރް.ޓީ.އެލް. ވެ ްބސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބައްލަވާލެވެން ހުންނާނެއެވެ. ހަމައެހެންމެ އާރް.ޓީ.އެލް. ޓްރެވަލް އެޕްގެ ލައިވް ޓްރެކިންގ ޚިދުމަތް މެދުވެރިކޮށް ަބސްތައް އޮތް ސަރަހައްދުވެސް މިހާރު ކަސްޓަމަރުންނަށް ބަލައިލެވޭނެއެވެ.
އާރް.ޓީ.އެލް. ފެރީއާއި ބަހުގެ ޚިދުމަތް އަތޮޅުތެރޭގައާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ފެށިގެން މިވީ ދުވަސްތަކުގެ ތެރޭގައި، ކަސްޓަމަރުންގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން ލި ބުނު ބޮޑު ތަރުޙީ ބާއި އެއް ބާރުލުމަށް ޝުކުރު ދަންނަވަމެވެ.
ރާއްޖޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ މަޤްޞަދަކީ އެކަށީގެންވާ އަގެއްގައި ވީހާވެސް ލުއިފަސޭހަކަމާއެކު، ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުންމަތީ، ދެމިތި ުބމެވެ.