މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
12 ޖެނުއަރީ 2023 - 18:28
ވޯލްޑް ބޭންކްގެ އަންދާޒާ ހުރީ މާމަތީގައި: އަމީރު
ވަރލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި 2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ %7.6 އިން %12.4 އަށް މަތިކޮށްފައި. މިއީ ކުރިން ލަފާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިގުތިސާދު ކޮވިޑް-19 ގެ ހާލަތުން އަރައިގަނެފައިވުމުން. (1/3)— Ibrahim Ameer (@iameeru) January 12, 2023
މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ ވޯލްޑް ބޭންކުގެ ރިޕޯޓްގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިއަހަރު ކުރިއަރައިގެން ދާނީ ރާއްޖޭގެ އިގްތިސޯދު ކަމަށެވެ. ވޯލްޑް ބޭންކުން ލަފާ ކުރާ އަދަދަކީ ސަރުކާރުގެ ލަފާކުރުންތަކަށް ވުރެ މަތީ އަދަދެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ށ. ބިލެއްފަހި ބަނދަރު ތަރައްޤީގެ މަސައްކަތް ނިމެނީ
ވަރލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި 2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ %7.6 އިން %12.4 އަށް މަތިކޮށްފައި. މިއީ ކުރިން ލަފާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިގުތިސާދު ކޮވިޑް-19 ގެ ހާލަތުން އަރައިގަނެފައިވުމުން. (1/3)— Ibrahim Ameer (@iameeru) January 12, 2023
މި މަޝްރޫޢުގެ މަސައްކަތުގެ 82 ޕަސެންޓް މިހާރުވަނީ ނިމިފައެވެ. ރިވެޓްމެންޓް ޖެހުމާއި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެެވެ.
ވަކި ބޭފުޅަކަށްޓަކައި ސްކޫލުތައް ހުއްޓުވައެއް ނުލެވޭނެ: މިއުވާން
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މިހެން ވިދާޅުވީ ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެނެވެ. ރައީސް ނަޝީދު ބުނެފައިވަނީ ކެމްޕޭން ދަތުރުތަކުގައި ވަޑައިގަންނަވާއިރު ކުއްލިއަކަށް އެރަށްރަށުގައި ސްކޫލު ބެލެނިވެރިންގެ ބައްދަލުވުންތައް ބާއްވާ ކަމަށެވެ.
ގިޔާސުއްދީން ސްކޫލުން ހުޅުމާލޭގެ ދަރިވަރުންނަށް ބަހުގެ ޚިދުމަތް
ގިޔާސުއްދީން ސްކޫލުން ހުޅުމާލޭގައި ދިރިއުޅޭ ސްކޫލު ދަރިވަރުންނަށާއި މުވައްޒަފުންނަށް ބަހުގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފޯރުކޮށްދެނީ، ބަހުގެ ޚިދުމަތް ދޭ ބަޔަކާ ގުޅިގެން ދަރިވަރުން އަތުން ފީއެއް ނަގައިގެނެވެ.
ރަށްތަކާއި ފަޅުތަކަށް ނަންކިޔާނެ އުސޫލެއް އެކުލަވާލައިފި
ލޭންޑް ސާވޭ އޮތޯރިޓީއިން ރަށްތަކާއި ފަޅުތައް ހިމެނޭހެން ޖިއޮގްރަފިކް ތަންތަނަށް ނަންކިޔާނެ އުސޫލުތަކެއް އެކުލަވާލައިފި އެވެ. މި އުސޫލުގައި ރަށަކަށް ނުވަތަ ފަޅަކަށް ކިޔާފައިވާ ނަމެއް ބަދަލުކުރުމަށް ނުވަތަ އެނަމަށް ބަދަލު ގެނައުމަށް ހުށަހަޅަންޖެހޭނީ ދައުލަތުގެ އިދާރާ އަކަށް ބަޔާންކޮށްފައިވެއެވެ.