ތަތްނުލަވާ ތަވާ އަދި ތެލީގައި ކެންސަރު ޖެހޭ ކެމިކަލެއް ހުރޭ — ކެއްކުމަށް އެންމެ ރަނގަޅީ ކޮންކަހަލަ ތެއްޔެއް؟

15 ޖެނުއަރީ 2023 - 14:17

އެމެރިކާގެ އެފްޑީއޭ އިން 2019 ވަނަ އަހަރު ހެދި ދިރާސާތަކަކުން ދައްކާ ގޮތުން ތަތްނުލަވާ ތަވާގައި ތައްޔާރުކުރާ ކާނާގައި ވިހަ ކެމިކަލްގެ އަސަރު ހުރެ، އެ ވިހަ ހަށިގަނޑަށް ފޯރައެވެ.

• އެ ޓޮކްސިކް މާއްދާ އަކީ ޕާ-އެންޑް ޕޮލިފްލުރޯލްކީލް (ޕީ.އެފް.އޭ.އެސް)

advertisement

• ތަތްނުލަވާ ތަވާ/ތެލީގައި ހުންނަ ޓެފްލޮން ނަމަކަށް ކިޔާ ފަށަލައަކީ މިވިހަ އެކުލެވޭ ފަށަލައެއް ކަމުން މިހާރު އެގައުމުގައި އެ އުފެއްދުން މަނާ

• ނަމަވެސް ރާއްޖެއަށް އެތެރެކޮށް ވިއްކާ ތަވާ ތެލި ފަދަ ތަކެތީގައި ހުންނަނީ ރައްކާތެރި ކޯޓިން އެއްތޯ ބެލުން މުހިންމު

• އެމެރިކާގެ 98 އިންސައްތަ މީހުންގެ ލެއިން 5000 ސިންތެޓިކް ވިހަ މާއްދާ އެއްގެ އަސަރު ހުރި ކަމަށް މި ދިރާސާ އިން ދައްކާ

• ހަށިގަނޑަށް މި ވިހަ ދަތުރުކުރާ މައިގަނޑު ގޮތަކީ ކެއިންބުއިމުގެ ތެރެއިން ކަމަށް ވެސް ދިރާސާއިން ދައްކާ

• ތަތްނުލަވާ ތަވާގެ އިތުރުން، ދެން މި ވިހަ މާއްދާތައް ހުންނަނީ ކޮންޓެކްޓް ޕޭޕާ، ކާނާ ބަންދުކުރާ ޑިސްޕޯސިބަލް ތަށި،ސާފުކުރަން ގެންގުޅޭ އުފެއްދުންތައް ފަދަ ތަކެތި

• މި ވިހަ މާއްދާ އިން ލިވާގެ ބަލިތަކާއި، ކެންސަރާއި، ތައިރޮއިޑްގެ ބަލިތައް ޖެހޭ

• އަދި ދަރިމައިނުވުމާއި، ކޮލެސްޓްރޯލް މަތިވުމާއި ފަލަ ބަލި އަދި މިނޫނަސް އެހެން ބަލިތަކަށް މި ވިހަ މާއްދާ މަގުފަހި ކުރޭ

• ސިވޭޖްގެ ޒަރިއްޔާއިން ދަނޑުބިންތަކަށް ވެސް މި ވިހަ ފޯރައެވެ. ނަމަވެސް ދަނޑުވެރިން އުފައްދާ ތަރުކާރީ އާއި މޭވާއިން މި ވިހައިގެ މިންވަރު ފެނިފައިވަނީ މަދު މިންވަރަކަށް ކަމަށް އެފްޑީއޭ އިން ބުނޭ

މި މާއްދާ އެކުލެވޭ ތަކެތީގެ ގިނަ އުފެއްދުންތައް މިހާރު އެގައުމުގައި ވަނީ އުފެއްދުން މަނާކޮށްފައެވެ.

އެހެން ކަމުން ކެއްކުމަށް އެންމެ ރައްކާތެރީ ސެރަމިކު ތެލި، ސްޓެއިންލެސް ސްޓީލް އަދި ކާބަން ސްޓީލް ތެލީގައި ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި، ތިމާގެ ހަށިގަނޑަށް އެތެރެވާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެކެވެ.

ކާނާ ތައްޔާރުކުރާ ގޮތާއި، އުފެއްދި ފެކްޓަރީ އާއި، އުފެއްދި ގޮތް އަދި އެކުލެވޭ ބާވަތްތައް ލޭބަލް އިން ފެންނަން ހުރެއެވެ. އެހެން ގައުމުތަކުން އުފެއްދުން މަނާ ތަކެތި މިގައުމަށް އެތެރެކުރެވޭ ގޮތަށް އޮތުމުން، މިކަންކަމަށް އާއްމުން ސަމާލުވުން މުހިންމެވެ.

ރިއެކްޝަންސް
3
4
1
68
3
3
2